ދެ މީހަކު އެއްވެލާފައި ކަމެއް ހަރާމު ކުރުމާއި ހަލާލު ކުރުމަކީ ދީނުގަ އެކަން އޮންނަގޮތެއް ނޫން ކަމަށާއި އެހެންވެއްޖެނަމަ ގެއްލޭނީ މުޖުތަމައުގެ މަސްލަހަތުކަމަށް އެސްޓީއޯގެ އެމްޑީ ޙުސައިން ޢަމްރު މިރޭ ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވެފައި މިވަނީ ޔޯގާގެ ޙުކުމާ ގުޅިގެން ޚިޔާލު ތަފާތުވެފައިވަނިކޮށެެވެ.
ޔޯގާއަކީ ހަރާމްކަމެއްކަމަށް 104 ޢިލްމުވެރިން ސޮއިކުރައްވައި މިއަދު ވަނީ ފަތުވާއެއް ނެރެފައެވެ. އަދި ޢަދާލަތު ޕާޓީން ވެސް ވަނީ އެކަމުގެ ޙުކުމް ބަޔާންކޮށް ކަރުދާހެއް ޢާންމުކޮށްފައެވެ.
ނަމަވެސް ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަންގެ ނަޒަރުގައި ވިދާޅުވީ ޔޯގާއަކީ ހަރާމްކަމެއް ނޫނެވެ.
މިފަދަ ދަނޑިވަޅެއްގައި ޢަމްރު ވިދާޅުވީ ދީނުގައި ނެތް ކަންކަން ދީނުގެ ތެރެއަށް ވެއްދުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި ދީނުގައި ހަރާމްނުވާ ކަންކަން ހަރާމް ކުރުމަކީ ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.
“ދެ މީހަކު އެއްވެލާފައި ކަމެއް ހަރާމް, ހަލާލް ކުރުމަކީ ދީނުގަ އެކަން އޮންނަގޮތެއް ނޫން. ދީނުގެ ކަންކަން ނިންމުމަށް ވަކި އުސޫލެއް އޮވޭ. އެ އުސޫލަކީ ޤުރުއާން, ރަސޫލާގެ ސުންނަތް, އިލްމުވެރިންގެ އިޖްމާޢު“ އަމްރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އަމިއްލަ ނަފްސުގެ ރަައުޔުގެ މައްޗަށް ބިނާކޮށް އުސޫލުން ބޭރުން ކަންކަން ނިންމުމުން މުޖުތަމައުގެ މަސްލަހަތު ގެއްލިގެންދާނެ ކަމަށެވެ.
ދޮންކަލޯ އަމްރު ދީނީއިލްމު އުގެނުނީ އިބިލީސްގާތުން ވަރައްމޮޅުވާނެ ގުރުއާން ތަފްސީރު ހިތުދަސްވާނެ އެކަމަކު ތާހިރުވާންވެސް ނޭގިދާނެ
ބުނަން ތިއުޅެނީ ޔޯގާ ހުއްދައޭތަ
ބުނަން ތިއުޅެނީ ޔޯގާ ހުއްދައޭތަ
ކަލޭތީދެންކާކުތަ ދީނީވާހަކަދައްކަން ކަލޭހާވާ ހަޑިދިވެހިރައްޔަތުނަށްއެގެޔޭ