ހުޅުމާލޭގައި ތިން ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
މިއަދު ހަވީރު މިއަދު ހަވީރު ހުޅުމާލޭގައި ތިން ސައިކަލެއް ޖެހި އެކްސިޑެންޓް ހިނގާފައިވާ ކަމުގެ ރިޕޯޓް 16:35 ހާއިރު ލިބިފައިވާ ފުލުހުން މައުލޫމަތު ދެއެވެ.
މިއެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭގެ ނިރޮޅު މަގު އެއް ނަމްބަރު ފްލެޓް ކައިރީގަައި ކަމަށާއި، މި އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވެފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ނަމަވެސް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ފުލުހުން ހިއްސާ ކޮށްފައި ނުވެ އެވެ.
މައުލޫމަތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް އެހެން ސައިކަލެއްގައި ޖެހިގެންނެވެ.