އެންޒައިޓީ ނުވަތަ ހާސްވެ ކަންބޮޑުވުން އަކީ ކޮންމެ އިންސާނަކަށްވެސް ދިރިއުޅުމުގައި ދިމާވެދާނެ ކަމެކެވެ. އެންޒައިޓީ ގުޅިފައިވަނީ މީހާގެ ވިސްނުމާއި، ފިކުރާއި، އިހްސާސާައި، އުޅުމަށެވެ.
މިކަންތައްތަކާއި ގުޅިގެން އަހަރެމެންނަށް އިހްސާސްވާ ހިތްހަމަނުޖެހުމާއި، އުދަގުލާއި، ކަންބޮޑުވުމާއި، ބިރެވެ. ނަމަވެސް ހާސްވެ ކަންބޮޑުވާ ކޮންމެ ފަހަރަކު މާބޮޑު ކަމަކަށް ނުވެހިގައިދާނެއެވެ. މިކަން ބައްޔެއް ގޮތަށް ބެލެވެން ފަށަނީ މިކަމުގައި ހޭދަވާ މުއްދަތު ދިގުވުމާއި އޭގެ ސަބަބުން ދިރިއުޅުމުގެ އެހެން ކަންތައްތަކަށް ބުރޫ އަރަން ފެށުމުންނެވެ.
އާއްމުކޮށް އެންޒައިޓީ އާއި ކުރިމަތިލާން ޖެހެނީ ޖިސްމާނީ، ނަފްސާނީ ނުވަތަ ޖިންސީ ހާނީއްކައެއްގެ ސަބަބުން ނެވެ.
އެންޒައިޓީ ގެ އަލާމަތް ތަކުގެ ތެރޭގައި ނިދަން އުނދަގޫވުން، މީހުންއާއި ވާހަކަ ދައްކަން އުނދަގޫވުން، އަބަދުވެސް ފިކުރެއްގައި ހުރެވުން، ވަރުބަލި ވުމުގެ އިތުރުން ކާން އުނދަގޫވުން ހިމެނެއެވެ.
އެހެން ކަމުން މި ކަމުން ސަލާމަތް ވުމަށްޓަކައި ރަގަޅު ކާނާ ގަޑިން ގަޑިއަށް ކައި ކަސްރަތު ކުރުމަކީ މުހިއްމު ކަމެކެވެ. އަދި އެންޒައިޓީ މާގިނަދުވަހަށް ދެމިގެންދާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދަންވާނެއެވެ.
އެންޒައިޓީއާއި ބެހޭ ގޮތުން ސިއްޙީ މާހިރުނ ވިދާޅުވާ ގޮތުގައި މި ކަމަކީ ބައްޕަގެ ފަރާތުން ފިރިހެން ދަރިންނަށް, އަދި މަންމަގެ ފަރާތުން އަންހެން ދަރިންނަށް އެންޒައިޓީ ޖެހޭ ކަމަށެވެ. އެހެން ކަމުން މި ބައްޔަކީ ފަރުވާ ކޮންމެ ހެން ވެސް ކުރަން ޖެހޭ ބައްޔެކެވެ.