ޕޮޕް މިއުޒިކްގެ އައިކަންއެއްގެ ގޮތުގައި މަޝްޙޫރުވެފައިވާ ލަވަކިޔުންތެރިޔާ ޖެނިފާ ލޮޕޭޒް އާއި މަޝްހޫރު އެކްޓަރު ބެން އެފްލެކް ކައިވެނި ކޮށްފިއެވެ.
އެމެރިކާގެ ލަސް ވެގަސް ގައި ކުޑަ ހަފްލާ އެއްގައި މި ދެ ފަންނާނުން ކައިވެނި ކޮށްފައިވަނީ މި މަހު 16 ގައެވެ. ރިޕޯޓް ތަކުން ހާމަކުރާ ގޮތުގައި ކައިވެނި ހަފްލާގައި ބައިވެރިވެފައިވަނީ ދެ ފަރާތުގެ މައިންބަފައިން އާއި މީގެ ކުރީގެ ކައިވެންޏަށް ޖެނިފާ އަށް ލިބިފައިވާ ކުދިން އެކަނި ކަމަށެވެ.
މީގެ ކުރިން ވެސް އޭންގޭޖް ވެފައިވާ މި ދެ ފަންނާނުންގެ ކައިވެންޏަށް ފަހު ޖެނިފާ ހާމަކޮށްފައިވާ ގޮތުގައި އޭނާ އެފްލެކް އާއި ކައިވެނި ކުރަން މީގެ ކުރިންވެސް ބޭނުންވާ ކަމަށާއި 20 އަހަރުގެ އިންތިޒާރަށް ނިމުމެއް އައިސްފައިވާކަމަށް ވެސް އޭނާ ވަނީ ހާމަވެފައެވެ.
މީގެ ކުރިން 2002 ވަނަ އަހަރުގައި ޖެނިފާ އާއި އެފްލެކް އެންގޭޖް ވުމަށް ފަހު 2004 ގައި ވަނީ ވަކިވެފައެވެ. އަދި 2021 ވަނަ އަހަރުގައި ލޯބީގެ ގޮތުން ގުޅުމަށް ފަހު މިއަހަރުގެ އޭޕްރީލްގައި މި ދެފަންނާނުން ވަނީ އެންގޭޖް ކޮށްފައެވެ.
އުމުރުން 52 އަހަރުގެ ޖެނިފާ ވަނީ މީގެ ކުރިން 3 ކައިވެންޏެއްކޮށް ވަރިވެފައެވެ. އަދި ޖެނިފާ ހާމަކުރާ ގޮތުގައި 4 ވަނަ ކައިވެނި ކުރަން ނިންމީ އޭނާ އަބަދުވެސް ކައިވެނި ކޮށްގެން އުފަލުގައި އުޅެން ބޭނުންވާޓީ ކަމަށެވެ. އަދި އެކަމާއި އޭނާ އެއްވެސް ވަރަކަށް ލަދު ނުގަންނަ ކަމަށް ވެސް އޭނާ ވަނީ ހާމަ ކޮށްފައެވެ.