އިޚްލާޞްތެރިކަމާއެކު ކުރާ މަސައްކަތުގެ ނަތީޖާ ފެންނާނީ ތަންކޮޅެއްލަހުން ކަމަށާއި، ނަތީޖާ ވަރަށް ފޮނިވާނެކަމަށް ޢަދާލަތު ޕާޓީއަށް ނިސްބަތްވާ ޑރ.މުޙައްމަދު އިޔާޟް ވިދާޅުވެއްޖެއެވެ.
ޢަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާނު މި ދެ ދުވަހު ކުރެއްވި ޓުވީޓުތަކަކާ ގުޅިގެން ފާޑުކިޔުން އަމާޒުވެފައިވަނިކޮށް އޭނާގެ ދިފާޢުގައި ނިކުންނަވައި އިޔާޟް ވިދާޅުވީ ޢަދާލަތު ޕާޓީން ކުރަމުންދާ މަސައްކަތަކީ، އަބަދު ހިހޫތަނުން ކާން ބޭނުންވާ ބަޔަކަށް ކެތް ކުރެވޭނެ މަސައްކަތެއް ނޫން ކަމަށެވެ. އަދި އިސްލާމްދީނާ ސިޔާސަތު ވަތްކެތް ނުކުރެވޭނެ ކަމަށެވެ.
”ތިމާމެންނަށް ނުވާނަމަ އުނދަގޫނުކޮށް ކުޅިބަލަން ތިބުން ރަނގަޅުވާނެ.“ ފާޑުކިޔުން އަމާޒުވެފައިވާތީ ރައްދު ދެއްވަމުން އިޔާޟް ވިދާޅުވިއެވެ.
އިޔާޟް ވިދާޅުވީ އިޚްލާޞްތެރިކަމާއިއެކު ކުރާ މަސައްކަތުގެ ނަތީޖާ ފެންނާނީ ތަންކޮޅެއްލަހުން ކަމަށާއި، ނަތީޖާ ވަރަށް ފޮނިވާނެކަމަށެވެ.
އިމްރާން މީގެތެރެއިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގަބޫލުކުރެވުނަސް ނުކުރެވުނަސް ވޭތުވެދިޔަ ތިން އަހަރާ ބައި ނުވަތަ 2005 ވަނަ އަހަރުން ފެށިގެން މިހާތަނަށް ބެލިޔަސް ޢަދާލަތުގެ ޢިލްމުވެރިންނަށްވުރެ ދީނަށް ޚިދުމަތްކުރި ޕާޓީއެއް ނުވަތަ ޖަމާޢަތެއް މި ރާއްޖެއަކު ނޯންނާނެ ކަމަށެވެ.
މިހާރުތިއުޅެނީފޮނިކަމުގައެެްނޫތަ ފޮނިކަންދޫވެގެންގޮއްދާނެތީނުތިއުޅެނީކުރާހުރިހާކަމެން ހަަލާލުކޮންގެން