އަނިޔާވެރިކަމަކީ ވަކި ބަޔަކު ޖަލުގަ އޮތުމުން މެދުވެރިވާ ކަމެއްތޯ ވިދާޅުވެ އައްޝައިޚް ޙަސަން މޫސާ ފިކުރީ، ޢަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާނާ ސުވާލު ކުރައްވައިފިއެވެ.
އައްޝައިޚް ޙަސަން މޫސާ ފިކުރީ މި ސުވާލު ކުރެއްވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
އެ ގޮތުން ޝައިޚް ވަނީ މޭޑޭގެ މުޒާހަރާގެ ބައިވެރިންގެ އަމަލުތަކުގެ ޒިންމާ އިމްރާން ނަންގަވަން ޖެހިވަޑައިނުގެންފައި، ޔޯގާ ޑޭ ގެ މުންކަރާތްތައް ހުއްޓުވަން ނިކުތް ޝައިޚުން އެހެން ބަޔަކު ހިންގި ހަމަނުޖެހުމުގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަތުމަކީ އިންސާފުތޯ ސުވާލު ކުރައްވައިފައެވެ.
”އަނިޔާވެރިކަމަކީ ވަކި ބަޔަކު ޖަލުގަ އޮތުމުން މެދުވެރިވާ ކަމެއްތޯ.“ ޝައިޚް ކުރެއްވި ޓުވީޓުގައިވެއެވެ.
ޔޯގާ ޑޭ ގެ ހަރަކާތާ ގުޅިގެން 21 މީހަކު ހައްޔަރުކުރިއެވެ. އޭގެތެރޭގައި އައްޝައިޚް ފަޟްލޫން މުޙައްމަދާއި އައްޝައިޚް އާދަމް ނިޝާން ހިމެނެއެވެ.
މިފަދަ މަންސަތަކުގައިވެސް މާތް ﷲ އަށް ބިރުވެތިވެ، ޙައްޤު ބަހެއް ނޫނީ ނުބުނުން، އެއީ އެންމެ ރަނގަޅު ގޮތްކަމުގައި ދެކެން.
Kobaaedhuvahu imraanu arhugai oh maraalimeehunaabehey liun.