ސަރުކާރުން ދީނަށް ފުރައްސާރަކޮށް ހަޖޫޖެހިއިރު ޢަދާލަތު ޕާޓީގެ ބޭފުޅުންނާއި އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އައްޝައިޚް އިމްރާން ތިއްބެވީ ގަދަ ނިދީގައިކަމަށް ވިދާޅުވެ މާލޭ ސިޓީ ކައުންސިލުގެ ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އަދި މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއު ރައްދު ދެއްވައިފިއެވެ.
އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގަބޫލުކުރެވުނަސް ނުކުރެވުނަސް ވޭތުވެދިޔަ ތިން އަހަރާ ބައި ނުވަތަ 2005 ވަނަ އަހަރުން ފެށިގެން މިހާތަނަށް ބެލިޔަސް ޢަދާލަތުގެ ޢިލްމުވެރިންނަށްވުރެ ދީނަށް ޚިދުމަތްކުރި ޕާޓީއެއް ނުވަތަ ޖަމާޢަތެއް މި ރާއްޖެއަކު ނޯންނާނެ ކަމަށެވެ.
އެކަމާ ގުޅިގެން ޝުޖާއު ކުރެއްވި ޓުވީޓެއްގައި ވަނީ މިއަދަކީ އިމްރާން މޮޔަވެގެން އުޅުއްވާ ދުވަހެއްތޯ ސުވާލުކުރައްވައިފައެވެ.
ޝުޖާއު ވިދާޅުވީ ޢަދާލަތަކީ ޕީޕީއެމްގެ ދަފްރަތުން ވައްކަން ކޮށްފައި އޮތް ޕާޓީ އެއްކަން މި ރާއްޖޭގެ އެންމެން ދަންނަ ކަމަށެވެ. އަދި ސަރުކާރުން ދީނަށް ފުރައްސާރަކޮށް ހަޖޫޖެހިއިރު ޢަދާލަތު ޕާޓީއާއި އިމްރާން ތިއްބެވީ ގަދަ ނިދީގައި ނިދާފައި ކަމަށާއި އެކަން ރައްޔިތުންން ދަންނަ ކަމަށެވެ.
Kureesarukaarun dheenah hajoojehi iru sujaau otheenidAafai