ވެރިކަމުގައި މިއަދު ތިބީ ދީނެއް ގަބޫލުކުރާ ބައެއް ނޫން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ވިދާޅުވެއްޖެ އެވެ.
ރޭ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަމުން އަދުރޭ ވިދާޅުވީ މި ސަރުކާރުން ކީރިތި ރަސޫލާ އަށް ފުރައްސާރަކުރުމުން ދެނީ ރައީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރުކަން ކަމަށާއި އަދި އިސްލާމްދީނަށް ގޮންޖެހުމުން ދެނީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ކަމަށެވެ.
އަދުރޭ ވިދާޅުވީ ވެރިކަމުގައި މިއަދު ތިބި ފަރާތްތަކަށް ރައްޔިތުން މުހިއްމު ނުވާ ކަމަށާއި ގައުމުގެ މިނިވަން ކަމަކީ އެއްވެސް އަގެއް ހުރި އެއްޗަކަށް ވެސް ނުވާ ކަމަށެވެ. އަދި މި ހުރިހާ ކަމެއް މިގޮތަށް ވެގެންދާއިރު ކުރީގެ ރައީސް ޔާމީން ފިޔަވައި މިކަމާ ދެކޮޅަށް ބަސް ބުނާނެ ސިޔާސީ ލީޑަރުން ނެތުމަކީ ހިތާމައެއް ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.
ރާއްޖޭގައި މިއަދު މިނިވަންކަމެއް ނެތް ކަމަށާއި މިނިވަންކަން އޮތްނަމަ ރާއްޖޭގެ ކަންކަން ހިނގާނީ އިންޑިއާ ސަފީރު އަންގާ ގޮތަކަށް ނޫން ކަމަށް އަދުރޭ ވިދާޅުވި އެވެ.
”އިންޑިއާގެ ހައި ކޮމިޝަނުން ނިންމަންވީ ރާއްޖޭގައި ރިޔާސީ އިންތިހާބެއް ބާއްވާނެ ކަމެއް ނެތޭ. އެހާ ހިސާބުން އެކަން ނިމުނީ. ފުރަތަމަ ޖެހެނީ އަޅުގަނޑުމެންގެ އަތުން ގެއްލިގެން ގޮސްފައި އޮތް ބާރު އަލުން އަނބުރާ އަޅުގަނޑުމެންގެ އަތަށް ގެންނަން. އޭގެފަހުގައި 2023 ގެ ރިޔާސީ އިންތިހާބުގެ ވާހަކަ ދެއްކެން އޮތީ.“ އަދުރޭ
Aan kaleyaa yaamin aa Rubeyl aa eh,jinsun gulhun hingany ei dheen gabool kuraa furihama muslimunnaky
ކަލޭ ލަދެއްނުގަނޭތަ ދީނޭ ދީނޭ ކިޔަން.
ކަލޭމެންގެ ވެރިކަމުގައި އިންޑިއާ ކަސްބީ އަންހެނުންލައްވާ އޮރިޔާމުންތިބެ ޑާންސްކޮށް އެޑާންސް ބަލަން ވެރިމީ ކުޅުހިކިފައި އިންމަންޒަރު ރީތިތަ?
އަދުރޭކާރީގައަހާދީބަލާކަލޭދީނަށްލޯބިކުރާމީހެއްވީމަދޯރައްޔިތުންގެފައިސާއިންމާލެއިންގޯތިގަނެގެންތިއުޅެނީކަލޭމެންގެހިތުގައެއްވެސްބިރުވެރިކަމެއްހަމަނެތީހޭވަގުފައިސާއިންގެދޮރުގަނެބޮޑަތިފިހާރަހުޅުވާބިރުގެކަންފުޅެވެސްހަމަނެތީމިމީހުންގެ.
ކަލެއާއި ޔާނައް ވުރެ ދީންޤަބޫލުކުރަނީ ކާކުތަ?
ތިޔައީ ހުދުދެފޭލިފޮތި ވިއްޔާ