ބޮލީވުޑްގެ ގިނަ ފިލްމުތަކެއް ޑައިރެކްޓްކޮށް ގިނަ އެވޯޑްތަކެއް ހާސިލްކޮށްފައިވާ ޑައިރެކްޓަރ ކަރަން ޖޯހަރު ބޭނުން ވަނީ އަބަދުވެސް ޒުވާން ކުދިންއާއި އެކު އުޅެން ކަމަށް ބަތަލް ވަރުން ދަވަން ހާމަކޮށްފިއެވެ.
އެގޮތުން ވަރުން ހާމަކޮށްފައިވާ ގޮތުގައި އުމުރުން ދުވަސްވާ ވަރަކަށް ކަރަން އުޅެން ބޭނުން ވަނީ ސާރާ، ޖާންވީ އަނަންޔާ ފަދަ ތަރިންއާއި އެކުގައި ކަމަށެވެ.
ވަރުން އާއި ކިއާރާ ފެނިގެންދާ ޖަގްޖަގް ޖީޔޯ ފިލްމް ޕްރިމިއާގައި ވަރުން ކަރަންގެ ވާހަކަ ބުނުމުން ކިއާރާވެސް ވަނީ ތާއިދުކޮށް އެކަން ފާހަގަ ވެފައިވާ ކަމަށް ހާމަކޮށްފައެވެ.
މީގެ ކުރިން ވެސް މިކަމާއި ގުޅޭ ގޮތުން ކަރަން އަށް ވަނީ ގިނަ ބަޔަކު ފާޑު ކިޔާފައެވެ. އެގޮތުން ކަރަން ހާމަ ކޮށްފައިވާ ގޮތުގައި މީހުން ކިޔާ އެއްޗެއްސަކަށް އޭނާ ސަމާލުކަމެއް ނުދޭނެ ކަމަށާއި އޭނާ އަށް އުޅެން ފަސޭހަ ވަނީ ޒުވާން ކުދިންއާއި އެކުގައި ކަމަށެވެ.
ކަރަން ޕްރޮޑިއުސް ކޮށް ނެރޭ ޖަގްޖަގް ޖީޔޯ ވަނީ މިމަހު 24 ގައި ރިލީޒް ކުރަން ހަމަ ޖެހިފައެވެ. މިއީ ވަރުން ކަރަންގެ ފިލްމަކުން ފެނިގެންދާ 4 ވަނަ ފަހަރެވެ.