ޝެއިޚް ނިޝާން ހައްޔަރުކުރި ވީޑިއޯ މިހާރު މީސްމީޑިއާގައި ދައުރުވަމުންދާއިރު، އޭނާ ހައްޔަރުކުރަން ފުލުހުން ދިޔައީ އުމުރުން 8 އަހަރުގެ ދަރިފުޅާއި އެކު ނަމާދަށް ދަނިކޮށެވެ.
އަދި އޭނާ ހައްޔަރު ކުރަން ދިޔަ މޫނު ނިވާކޮށްގެން ތިބި ފުލުހުންގެ ފައުޖެއް ކުއްލިއަކަށް އޭނާ ވަށާލިއިރު ހުރީ މިސްކިތާއި ވަރަށް ގާތުގައެވެ. ކައިރީގައި ހުންނެވި ދަރިފުޅު ދިޔައީ ބިރުން ރޮމުންނެވެ.
ޝޭއިޚް ނިޝާން ނަމާދު ކުރަން ފުރުސަތު ދިނުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ. ނަމަވެސް އޭނާ ހައްޔަރު ކުރީ ނަމާދު ކުރަން ފުރުސަތު ނުދީއެވެ. އެނާ ހައްޔަރު ކުރިއިރު ކައިރީގައި ހުރި މިސްކިތުގައި އިޝާނަމާދު ކުރާ އަޑު އިވެމުންދިޔައެވެ.
މިޑިޔާއަށް މައުލޫމަތު ދެއްވަމުން ޝޭހުގެ އަންހެނުން ބުނީ އެ ކުއްޖާގެ ހާޒިރުގައި މި ހިނގައިދިޔަ ކަންކަމުގެ ސަބަބުން، އެ ކުއްޖާ ގެއަށް ދިޔައީވެސް ރޮމުން ކަމަށާއި މިކަމުގެ ސަބަބުން އެ ތުއްތު ކުއްޖާގެ ހިތުގަައި ބިރުވެރިކަން އުފެދިފައިވާކަމަށާއި އާއިލާ އަށްޓަކައި ދުއާ ކޮށްދޭ ޝެއިޚް ގެ އަންހެނުން ވަނީ އެދިފައެވެ.
ޝައިހް އާދަމް ނިޝާން ހައްޔަރު ކުރީ އަންގާރަ ދުވަހު ކުރިއަށް ގެންދިޔަ ޔޯގާ ހަރަކާތް ހުއްޓުވި މައްސަލަ އާއި ގުޅިގެންނެވެ.
އިސްލާމްދީނަށް ފުރައްސާރަކުރި އެއްވެސްމީހަކު ހައްޔަރެއްނުކުރޭ ރީތިކޮންއިސްލާމިކްމިނިސްޓްރީއަށް ހާޟިރުކޮށް ނަޞޭޙަތްދެނީ އެގޮތުން އާނިޔާ އަށްވެސް ދިނީނަޞޭޙަތް ދެންއެހެންމީހުން ގައުމުންފުރުވާލިކަމުގެ ތުހުމަތުކުރޭ ދެން އެތައްސަތޭކަކިލޯއެއްގެ ޑްރަގުއެތެރެކޮށް ރެޑްހޭންޑްކޮށް އަތުލައިގަތްމީހުންވެސް ކޯޓްމަރުހަލާގައިފޫކޮށްލާ އަދި ބަންދުކުރިއަސް 5 ދުވަސްބަންދަށްޖަހަނީ މިޝޭޚުންގެ ބަންދަށްވެސް އެޖެހީ 2 މަސް މީއެއްވެސްހަމައެއްނެއްކަން އަދި ބައެއްގެ ދަށިވެފައިވާކަންއަންގައިދޭއަލިގަދަ ދަލީލެއް
Thiya sheykhu bayaku bolah erigen emeehun lavva meehunge gayah bolah aruvaa kanthah kuri iru emeehunge ves biruveri kan hunnane dho
Sheykuge dharifulhu ekanitha biru gannany
އޭނާއަށް ފިލައިގެން ދެވޭނީކީވެސް ނޫނެއްނު ނަމާދުކޮށްލަންދެން މަޑުކޮށްލި ނަމަ . މިހިރީ މިބައިގަނޑުގެ ހުރި ޖައްބާރުކަން.
Nishan dhandah vanee ethanga kudakudhin thibithoa balaafabaa.