އިއްޔެ ހެނދުނު ގަލޮޅު ދަނޑުގައި ބާއްވަން އުޅުނު ޔޯގާ ހަރަކާތް ހުއްޓުވަންކަމަށްބުނެ ހަމަނުޖެހުން ހިންގި މައްސަލައިގާ އިތުރު ތިން މީހަކު ހައްޔަރުކޮށްފިއެވެ
މަޢުލުމާތު ލިބިފައިވާ ގޮތުގައި މުޙައްމަދު އިސްމާޢީލްއާއެކު ދެން ހައްޔަރުކޮށްފައިވަނީ މުޙައްމަދު ރަޒާން ކިޔާ މީހެކެވެ. މި ދެމީހުންގެ ތެރެއިން އެކަކު ހައްޔަރު ކުރީ ކަނިވާ ސަރަހައްދުން ކަމަށް މަޢުލޫމާތު ލިބެއެވެ.
ޔޯގާ ހަރަކާތާއި ދެކޮޅަށް އެއްވި މީހުން ބޭނުންކުރި ދިދަތައް ޕީ.ޕީ.އެމްގެ އޮފީސް ތެރެއިން ނެރޭތަން ފެންނަ ފޮޓޯތަކުން މުޙައްމަދު އިސްމާޢީލް ފެނެއެވެ. މި ހަރަކާތަށް ބޭނުންވާ ބައެއް ސާމާނު ޕީ.ޕީ.އެމްގެ އޮފީސްތެރެއިން ނެެރެފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުޤީޤު ކުރަމުން އަންނައިރު އިއްޔެ ވަނީ މި މައްސަލަ އާއި ގުޅިގެން 6 މީހަކު ހައްޔަރުކޮށްފައެވެ. މީގެ ތެރެއިން ހަތަރު މީހަކު 60 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާއިރު ދެ މީހަކު 4 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.