ބޮލީވުޑްގެ މަޝްޙޫރު ބަތަލް ރަންބީރު ކަޕޫރު އާއި ބަތަލާ ޝްރަދާ ކަޕޫރު ފެނިގެންދާ ފިލްމްގެ ޝޫޓިންގައި އުޅޭ ވީޑިއޯއެއް އާއްމު ވެއްޖެއެވެ.
އިންޑިއާގެ ރިޕޯޓް ތަކުން ހާމަކޮށްފައިވާ ގޮތުގައި އާއްމުވެފައި ވަނީ ސްޕެއިންއެ ދެތަރިން އެއްކޮށް ފެނިގެންދާ ފިލްމުގެ ސްޕެއިންގައި ކުރިއަށް ގެންދާ ލަވައެއްގެ ޝޫޓިންތެރެއިންނެވެ.
ލަވް ރާޖަން ޑައިރެކްޓްކޮށް އުފައްދާ މި ފިލްމަކީ ރޮމޭންޓިކް ކޮމެޑީ ފިލްމެކެވެ. މި ފިލްމަކީ ޝްރަދާ އާއި ރަންބީރު އެއްކޮށް ފެނިގެންދާ ފުރަތަމަ ފިލްމެވެ.
އިންޑިއާގެ ރިޕޯޓް ތަކުން ހާމަ ކޮށްފައިވާ ގޮތުގައި މި ފިލްމު 2023 ވަނަ އަހަރުގެ މާރޗް މަހުގައި ރިލީޒް ކުރާނެއެވެ. މި ފިލްމަކީ ސުޕަރ ހިޓް ފިލްމަކަށް ވެގެން ދާނެ ކަމަށް ވެސް ގިނަ ބަޔަކަު ދަނީ ބުނަމުންނެވެ.

ރަންބީރުއަށް މި އަހަރަކީ ބިޒީ އަހަަރަކަށް ވެގެން ދާނެ ކަމާއި ކައިވެންޏަށް ފަހު އާލިއާ އާއި ދެމީހުންއަށް ވަގުތު ހުސް ނުކުރެވޭ ކަމަށް ވެސް ރަންބީރު ވަނީ ހާމަ ކޮށްފައެެވެ.