ބޮލީވުޑްގެ ބަތަލާ ކިއާރާ އަދްވަނީ ކައިވެނި ކުރަން ބޭނުންވާ ކަމަށް އޭނާ ހާމަކޮށްފިއެވެ.
ވަރުން ދަވަން އާއި އެކު ކިއާރާ ފެނިގެންދާ ފިލްމް ޖަގްޖަގް ޖީޔޯ ޕްރޮމޯޝަންގައި ނޫސްވެރިއެއް ކުރި ސުވާލަކަށް ޖަވާބު ދެމެން އޭނާ ހާމަކޮށްފައިވާ ގޮތުގައި އޭނާ ކައިވެނި ކުރަން ބޭނުންވާ ކަމަށާއި އެކަމަކީ ވަރަށް މަޖާ ތަފާތު ތަޖުރިބާއެއް ކަމަށް އޭނާ ދެކޭ ކަމަށެވެ. އަދި އެންމެން ވެސް ކައިވެނި ކުރަން ވާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
މި ފިލްމަކީ ލޯބީގެ އަސަރުގަދަ ފިލްމެއް ކަމަށާއި މި ފިލްމަކީ ތަފާތު ފިލްމަކަށް ވެގެން ދާނެ ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.
މި ފިލްމުގައި ވަރުން އާއި ކިއާރާގެ އިތުރުން ނުވަދިހައިގެ އަހަރުގައި ވިދާލި އަނިލް ކަޕޫރާއި ނީތޫ ކަޕޫރު ވެސް ފެނިގެންދާނެއެވެ. މިއީ ގިނަ އަހަރު ތަކެއްގެ ބްރޭކަކަށް ފަހު ނީތޫ ފެނިގެންދާނެ ފުރަތަމަ ފިލްމެވެ.
މި ފިލްމުގެ ޓްރެއިލާ އާއްމު ކުރުމާއި އެކު ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ މި ފިލްމް ބެލުމަށް ކެތް މަދުވެފައިވާ ވާކަން ހާމަކޮށްފައެވެ. އަދި ވަރުން އާއި ކިއާރާގެ ކެމިސްޓްރީއަކީ ގުޅޭ ކެމިސްޓްރީއެއް ކަމުން މި ފިލްމަކީ ކާމިޔާބު ފިލްމަކަށް ވާނެ ކަމަށް ވެސް ގިނަ ފަރާތް ތަކުން ދަނީ ބުނަމުންނެވެ.