ނޯރާ ފަތޭހީ އޭ ބުނެފިއާ އެއީ ކާކު ކަން ނޭނގޭ އެއްވެސް މީހެއް ނުހުންނާނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
ދިލްބަރު ލަވައިން ވިދާލި ނޯރާއަކީ ބޮލީވުޑްގައި އެންމެ އުހުގައި ފިޔަ ޖަހާ ނެށުންތެރިއާއެވެ. ދިލްބަރުގެ އިތުރުން ނޯރާގެ ކޮންމެ ލަވައެއް ވެސް ސުޕަރ ހިޓް ވެގެންދެއެވެ. އޭނަގެ ސަޕޯޓަރުން ދުވަހެއް ދުވަހަށް އިތުރުވަމުން ދެއެވެ.
މި ހިސާބަށް ނޯރާއަށް އާދެވުނީ ވަރަށް ގިނަ ހުރަސް ތަކާ ވެސް ކުރިމަތި ލައިގެންނެވެ. އެތައް ބަޔަކުގެ މަލާމާތާއި ފުރައްސާރައިގެ ސަބަބުން އޭނާ ނެށުމާއި ދުރަށް ދާންވެސް ނިންމިއެވެ. ނަމަވެސް މީހުން ކިޔާ އެއްޗެއްސަށް ބީރު ކަންފަތެއްދީ އޭނަގެ މަޤްސަދު ހާސިލް ކުރުމަށް 5000 ރުޕީސް އާއި އެކު އިންޑިއާއަށް ދިރިއުޅުން ބަދަލް ކުރީ ބޮލީވުޑްއަށް ވަނުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށް ބަލައިފައެވެ.
އެކި ގޮންޖެހުންތަކާއި އެކު މިއަދު އޭނާ ހުރި ހިސާބަކީ އޭނަގެ އަމިއްލަ މަސައްކަތް ކަމާއި މީހުން ކުރާ ނެގެޓިވް ކޮމެންޓަށް އަޅާލުމަކީ ކުރިއެރުމަށް ލިބޭ ވަރަށް ބޮޑު ހުރަހެއް ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.
ނޯރާ ވަނީ ލަވައިގެ އިތުރުން ވަރުން އަދި ޝްރަދާ ކަޕޫރު އެކު “ ސްޓްރީޓް ޑާންސަރ“ ފިލްމްއިން ވެސް ފެނިގެން ގޮސްފައެވެ. މި ފިލްމާއި އެކު ފިލްމް ތަކުން ވެސް ފުރުސަތު ލިބޭ ކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ.