ހެނދުނުގެ ނާސްތާ އަކީ އަހަރެމެންއަށް އެހެން ހުރިހާ އިރެއްގެ ކެއުމަށް ވުރެ މުހިއްމު އެއްޗެކެވެ.
ހެނދުނުގެ ނާސްތާއަކީ ރޭގަނޑުގެ ނިދީގައި ހޭދަކުރާ ދިގު ވަގުތުތަކުގައި ގޮހޮރު ހުސްކޮށް އޮތުމަށްފަހު އެތެރެކުރެވޭ ކާނާގެ އެތިކޮޅަކަށްވާއިރު ހެނދުގެ ނާސްތާއަށް ހަށިގަނޑަށް ފައިދާ ހުރި އެއްޗެއް ބޭނުން ކުރަން ޖެހެއެވެ. އެގޮތުން ކައްކާފައި ހުންނަ ބިސް، ޕާން، ޕީނަޓް ބަޓާ، މަސް، ދިޔާކިރު، ޗީޒް، ޔޯގަޓްގެ އިތުރުންފަދަ އެއްޗެއްސަކީ ހެނދުނުގެ ނާސްތާއަށް ރަނގަޅު އެއްޗެއްސެވެ.
ނަމަވެސް ތެޔޮލީ ކާއެއްޗެއްސާއި ޕާސްތާ ކަހަލަ ފާޑުގެ އެއްޗެހި ހެނދުނުގެ ނާސްތާއަށް ބޭނުން ކުރާ ނަމަ ބަނޑުގައި ގޭސް ހެދޭ ގޮތް ވެއެވެ. އެގޮތުން ރާއްޖޭގެ މީހުން ހެނދުނުގެ ކެއުމަށް ބޭނުންކޮށް އުޅޭ ރޮށްޓާއި ރިހަ، މަސްހުނި، ރިހާކުރު ފަދަ ބާވަތްތައް މާގިނައިން ބޭނުން ކުރުމުން ވެސް ގޭސް ހެދޭ ގޮތްވެއެވެ.
ސިއްޙީ މާޙިރުން ލަފާދޭ ގޮތުގައި ހެނދުނުގެ ނާސްތާ އެންމެ އެކަށީގެންވާ ގޮތަށް ކެއުގެ ސަބަބުން ހަނދާން ހުންނަ މިންވަރު ގަދަ ކޮށްދިނުމާއި ކަންކަމަށް ފުރިހަމައަށް ސަމާލުކަން ދިނުމަށް ފަސޭހަވެގެން ދިޔުމުގެ އިތުރުން ހަށިގަނޑަށް ’ގެއްލުންހުރި‘ ކޮލެސްޓްރޯލް، ހަކުރުބަލި ޖެހުމުގެ ފުރުސަތުތައް، ހިތުގެ ބަލިތައް ފަދަ ކަންކަމުން ދުރުކޮށްދެއެވެ.
އެހެންކަމުން ދުވަސް ފަށައިގަންނަ ނާސްތާއަކީ ސިއްހަތަށް ފާއިދާ ހުރި ނާސްތާއަކަށް ހެދުމަކީ ވަރަށް މުހިއްމު ކަމެކެވެ.