ބޮލީވުޑްގައި ފިޔަ ޖަހަމުން އަންނަ ބަތަލާ ޖާންވީ ކަޕޫރްގެ ކުރިއަށް އޮތް ފިލް ”ގުޑްލަކް ޖެރީ“ ގެ ޕޯސްޓަރ އާއްމުކޮށްފިއެވެ.
އިންސްޓަރ ގްރާމް މެދުވެރިކޮށް ޕޯސްޓާރ އާއްމުންއަށް ހިއްސާ ކުރުމާއި އެކު ގިނަ ސަޕޯޓަރުންއެއް ދަނީ ފިލްމް ބަލަން ކެތް މަދުވެފައި ތިބިކަން ހާމަކުރަމުންނެވެ.
މި ފިލްމާއި ބެހޭ ގޮތުން ޖާންވީ މީގެ ކުރިން ބުނެފައިވާ ގޮތުގައި މި ފިލްމަކީ އޭނާއަށް ތަފާތު އެކި ކަންތައް ދަސްވި ތަފާތު ކޮމެޑީ ކްރައިމް ފިލްމެއް ކަމަށެވެ. އެގޮތުން ބަޑިއެއް ދިއްކޮށްގެން ނަގައިފައިވާ ޕޯސްޓަރ އިން ވެސް މި ފިލްމަކީ ތަފާތު ފިލްމަކަށް ވެގެންދާނެ ކަން ވަނީ ހާމަވެފައެވެ.
މި ފިލްމް ވަނީ ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން އަންނަ މަހުގެ 29 ގައި ސްޓްރީމް ކުރަން ހަމަޖެހިފައި ކަމަށް ވެސް ޕޯސްޓަރގައި ވަނީ ލިޔެފައެވެ.

މި ފިލްމްގެ އިތުރުން ޖާންވީ ރާޖް ކުމާރް ރައޯ އެކު ފެނިގެންދާ ކަރަން ޖޯހަރު ޕްރޮޑިއުސް ކޮށް ނެރޭ ”މިސްޓަރ އެން މިސިސް މާހީ“ ވަނީ އޮކްޓޯބަރ ގައި ރިލީޒް ކުރަން ހަމަޖެހިފައެވެ.