އިންޑިއަން ކަލްޗަރަލް ސެންޓަރާއި ޔޫތް މިނިސްޓްރީއާ ގުޅިގެން ގުޅިގެން މާދަމާ ބާއްވާ ޔޯގާ ހަރަކާތަށް، ރަސްފަންނު ދޫނުކުރަން މާލޭ ސިޓީ ކައުންސިލުން ނިންމުމުން، ގަލޮޅު ދަނޑުގައި އެ ހަރަކާތް ކުރިއަށް ގެންދަން ނިންމައިފިއެވެ.
އާންމުންގެ ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށް ބުނެ ރަސްފަންނުގައި މި އިވެންޓް ބާއްވަން މާލެ ސިޓީ ކައުންސިލުން ހުއްދައެއް ނުދިނެވެ. ރަސްފަންނު ސަރަހައްދަކީ މާލޭ ސިޓީ ކައުންސިލްގެ އިޙްތިޞާޞްގައިވާ ތަނެކެވެ.
ޔޯގާ ދުވަސް ފާހަގަކުރުމަށް، ރަސްފަންނުގައި ހަރަކާތެއް ބާއްވަން ނިންމައި، ރަޖިސްޓްރީވުމަށް ޔޫތު މިނިސްޓްރީން ހުޅުވާލީ މި މަހުގެ 12 ވަނަ ދުވަހު ވަނީ ހުޅުވާލާފައެވެ. އެ ޕޯސްޓުގައި ޔޯގާ އިން ލިބިދޭ ފައިދާތައް ވެސް ބަޔާންކޮށްފައިވެ އެވެ. އެއާއެކު ބައެއް ފަރާތްތަކުން މި ހަރަކާތް ބާއްވާތީ ވަނީ ފާޑު ކިޔާފައެވެ. މީސްމީޑިއާގައި ޚިޔާލުފާޅު ކުރި ފަރާތްތަކުން ބުނެފައިވަނީ ޔޯގާއަކީ އިރަށް އަޅުކަން ކުރުމުގެ ހަރަކާތްތަކެއް ހިންގާ ހަރަކާތްތަކެއް ކަމަށެވެ.
ގަލޮޅު ދަނޑުގައި އިވެންޓް ބޭއްވުމަށް މިހާރު ނިންމާފައިވާއިރު، އެތަނަކީ ޔޫތް މިިނިސްޓްރީގެ ދަށުގައި އޮންނަ ތަނެކެވެ.
meeyahoodeenge kanthakan devihifaafa.hunnainistarehtha. ehehve kanneege Aenage mahshalathah nubalanee yahoodeedeen fathuraa mahchah