ހިންދޫދީނާއި ބުދު ދީނުގެ އަޅުކަމެއް ކަމުގައިވާ ޔޯގާ، ކަސްރަތެއްގެ ސިފާގައި ދިވެހިރާއްޖޭގައި ފަތުރައި، އެކަމަށް ޚާއްޞަދުވަހެއް ފާހަގަކުރާތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށް ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންމްޕަވަރމެންޓް އަޙްމަދު މަޙްލޫފަށް ސިޓީއެއް ފޮނުވައިފިއެވެ.
މި މަހުގެ 19 ވަނަ ދުވަހު ސަލަފުގެ ފަރާތުން ފޮނުވި ސިޓީގައި ޔޯގާއަކީ ޣައިރުދީނުގެ އަޅުކަމެއްކަން އެދީންތަކުގެ ފޮތްތަކާއި އަދި އެދީންތަކުގެ ރާހިބުންގެ ބަސްތަކުން އެނގޭއިރު ދިވެހިރާއްޖޭގައި އެފަދަ ކަންކަން ކުޅިވަރުގެ ނަމުގައިވިޔަސް ކުޅުމަކީ ރާއްޖޭގެ ޤާނޫނު އަސާސީ އަައި ޚިލާފުކަމެއްކަމަށް ފާހަގަކޮށްފައިވެއެވެ.
އަދި ޔޯގާ އަކީ އިސްލާމްދީނުގެ އަސާސް ކަމަށްވާ އެއްކައުވަންތަ ކުރުމުގެ ޢަޤީދާ އާއި ފުށު އަރާ ކަމެއްކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
ސިޓީ ނިންމާލަމުން މުންކަރާތްތައް ނަހީކޮށް ހެޔޮކަންތައްތަކަށް ގޮވާލުމަކީ ޔޫތު މިނިސްޓްރީގެވެސް ޒިންމާއެއްކަން ހަދާކޮށްދީފައިވެއެވެ.
ކޮންމެ އަހަރެއްގެ ޖޫން މަހުގެ 21 ވަނަ ދުވަހަކީ އިންޓަނޭޝަނަލް ޔޯގާ ޑޭ ގެ ގޮތުގައި ފާހަގަކުރާ ދުވަހެކެވެ. ރާއްޖޭގައިވެސް މިދުވަސް އަންނަނީ ކުރީއްސުރެ ފާހަގަ ކުރަމުންނެވެ. ހަމައެއާއެކު ކޮންމެ އަހަރަކުވެސް ޔޯގާގެ ޙުކުމާއި އޭގެ އަޞްލު ޢިލްމުވެރިން އަންނަނީ ބަޔާންކޮށްދެއްވަމުންނެވެ.
mioiy hurihaa dhuvahakukee niyathakee ey echchakee. mihaa anehkaa konthaaku mijehuneen
Aadaalathahtakaa laduvethivan ameehunge hahgu adaakuran beenun nuvaathee evaran mdp vegen uleekan heyonuvaane muli koolisan moodee.ruhsumugaa.avadi nethi