ނ. އަތޮޅު ލަންދޫގައި ލޭންޑިންގ ކްރާފްޓްއަކަށް ރުށްތަކެއް އެރުވުމުގެ މަސައްކަތް ކުރަމުންދިޔަ މީހަކު ދެ ރުށް ދޭތެރޭ ފިތިގެން ނިޔާވެއްޖެއެވެ.
ފުލުހުން ބުނީ ލަންދޫގައި ލޭންޑިން ކްރާފްޓަކަށް ރުއްތަކެއް އެރުވުމުގެ މަސައްކަތް ކުރަމުންދިޔަ 53 އަހަރުގެ ބަންގްލްދޭޝްގެ މީހަކު ދެ ރުށް ތެރޭގައި ފިތިފައިވާ ކަމުގެ މައުލޫމާތު މިއަދު ހަވީރު 4:15 ހާއިރު ލިބިފައިވާ ކަމަށެވެ.
އެގޮތުން ލަންދޫ ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް އެމީހާ މަރުވެފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.