ރާއްޖޭގައި ކޮވިޑް-19 ކޭސްތައް ގިނަވަމުންދާ ކަމަަށް އައިޖީއެމް ހޮސްޕިޓަލުގެ އެތެރެހަށީގެ ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.
ޑރ މުހައްމަދު އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެހެން ބަލިތަކުގައި ހޮސްޕިޓަލުގައި އެޑްމިޓްކުރާ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވަމުންދާ ކަމަށާއި، އޭގެން ދޭހަވަނީ މުޖުތަމައުގެ ތެރޭގައި ކޮވިޑް ބަލި ގިނަވަމުންދާ ކަން ކަމަށެވެ.
އެހެން ކަމުން ހޮސްޕިޓަލަށް ބަލި މީހުންނަށް ޒިޔާރަތްކުރުމުގައި ކުރިއަށްވުރެ އިތުރަށް ފަރުވާތެރިވުމަށް ވެސް ޑރ މުހައްމަދު އަލީ ކުރެއްވި ޓުވީޓުގައި އިލްތިމާސްކުރެއްވިއެވެ.
ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވަމުންދާޓި، އެޗްޕީއޭއިން މިދިޔަ ހަފްތާގައިވަނީ ބޭރަށް ނިކުންނައިރު މާސްކު އަޅައިގެން އުޅުމަށް އިލްތިމާސްކޮށްފައެވެ.