އައްޑޫ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ހިތަދޫ މީހަކު ހޯދަން އިއުލާންކޮށްފި އެވެ.
ފުލުހުން ބުނީ މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް ހޯދަނީ ހިތަދޫ އުނިތޮށިގޭ، މުހައްމަދު ނާޝިދު، 52، ކަމަށެވެ. އޭނާ އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ އާއި އާއިލާ އަށް ވެސް އުޅޭ ވަކި ތަނެއް އެނގިފައި ނުވާތީ ހޯދަން އާންމުކޮށް އިއުލާންކުރީ ކަމަށް ފުލުހުން ބުންޏެވެ.
ނާޝިދު ހުޅުމީދޫ ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވާން ޖެހެނީ މި މަހުގެ 26 ވަނަ ދުވަހުގެ ހެނދުނު 10:00 އަށެވެ.
ފުލުހުން ބުނީ އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ހުޅުމީދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791366 އަށް ގުޅައި ހިއްސާކުރަން އެދޭ ކަމަށެވެ.