ކުކުޅުބިހަކީ ގުދުރަތީ ގޮތުން އޭގައި ގިނަ އަދަދެއްގެ ޕްރޮޓީންސް އެކުލެވިގެންވާ އެއްޗެކެވެ. ނަމަވެސް ގިނަ ސިއްޙީ މާޙިރުން ވިދާޅުވާ ގޮތުގައި ދުވާލަކު މަދުވެގެން 2 ބިހަށް ވިރެ އިތުރަށް ކައިނަމަ ސިއްޙަތަށް ގެއްލުންވެއެވެ.
ގިނަ ސިއްހީ މާހިރުން ލަފާދޭ ގޮތުގައި ދުވާލެއްގެ މައްޗަށް އިންސާނާގެ ހަށިގަނޑަށް ބޭނުންވަނީ 300 މިލިގްރާމްގެ ކޮލަސްޓްރޯލެވެ. ނަމަވެސް އާދައިގެ ބޮޑު ބިހެއްގައި 180 މިލިގްރާމްގެ ކޮލަސްޓްރޯލް ހުރެއެވެ. އެހެން ކަމުން ދުވާލަކު ދެ ބިހަށް ވުރެ ގިނައިން ކެއުމަކީ އޭގެ ސަބަބުން ހަށިގަނޑަށް ގެއްލުންވާ ކަމެކެވެ.
ނަމަވެސް ދިވެހިން އަކީ ތަފާތު އެކި ކަހަލަ ކާއެއްޗެހީގައި ބިސް ބޭނުން ކުރާ ބައެކެވެ. އެގޮތުން ސިއްޙީ ގިނަ މާހިރުންގެ ލަފާގެ މަތިން އެންމެ ރަނގަޅު ގޮތަކީ އެކި ކަހަލަ ކާއެއްޗެހީގައި ބިސް ބޭނުން ކުރާ ނަމަ ދުވާލަކު 1 ބިސް ކެއުމެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ސިއްޙަތު ރަނގަޅު މީހެއް ދުވާލަކު ކުކުޅު ބިހެއް ކެއުމަކީ ބިރު ގަންނަންވީ ކަމެއް ނޫނެވެ. އަދި ހިތުގެ ބަލި ހުންނަމީހުންނަށާއި، ހަކުރުބަލި ހުންނަ މީހުނަށްވެސް ދުވާލަކު އެއް ކުކުޅު ބިސް ކެއުމަކުން އެއްވެސް ނުރައްކަލެއް ނެތް ކަމަށްވެސް މި ދިރާސާއިން ވަނީ ހާމަވެފައެވެ.
އަދި ދިރާސާތަކުން ހާމަވާ ގޮތުން ބިހުގެ ލޮނދީގައި ހިމެނޭ މާއްދާއެއްގެ ސަބަބުން ލޭ މައްޗަށް ދިއުން ކޮންޓްރޯލް ކޮށްދެ އެވެ. ލޭ މައްޗަށް ދިއުން ދަށްކޮށްދޭ މާއްދާއެއް ކަމަށްވާ ޕެޕްޓައިޑް ނަމަކަށްކިޔާ މިމާއްދާއިން މީހާގެ ޕްރެޝަރު އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭނެ ކަމަށް ސައިންސްވެރިން ބުނެ އެވެ.
މީގެ އިތުރުން ބިސް ކައިރުގައި މާގިނައި ތެލާއި އެހެނިހެން ވެސް ހަށިގަނޑަށް ގެއްލުން ލިބިދެނިވި ބާވަތްތައް އެއް ޑައިޓީޝަނުން ލަފާދެއެވެ.