ލޯ ކައިރި ކަޅުވުމަކީ އާންމުގޮތެއްގައި ގިނަ ބަޔަކަށް ކުރިމަތިވާ އެއް މައްސަލައެވެ.
ލޯކައިރީގެ ކަޅުކަން މޭކަޕް އިން ފޮރުވުމަކީ ވެސް ގިނަ އަންހެން ވެރިން ކޮށް އުޅޭ ކަމެކެވެ. ނަމަވެސް މިކަމުން މާ އެދެވޭ ނަތީޖާއެއް ނުފެންނަ އިރު ލިބެނީ ވަގުތީ ނަތީޖާ އެކެވެ. މޭކަޕްގެ ސަބަބުން ލޮލަށް ތަފާތު އެކި ކަހަލަ ބަލި ޖެހުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
ކުދީނާ ފަތް
ކުދީނާ ފަތް ނުވަތަ މިންޓް ފަތަކީ ވެސް ލޯ ކައިރި ކަޅުވުން ސަލާމަތްކޮށްދޭ އެއް ބާވަތެވެ. އެގޮތުން މިފަތް ދުވާލަކު ދެއިރު ބޭނުން ކުރަން ފެށުމުން ވެސް ލޯ ކައިރި އަލި ކޮށްދެއެވެ.
ފިނި ފެން
އެހާ ފިނި ނޫން ފެނުން މޫނު ދޮންނަށް އާދަކުރާށެވެ. އެކަމުގެ ސަބަބުން ލޯ ކައިރީ ހަރަކާތްތެރިވާ ޓީޝޫތަކަށް ވެސް ދިރުން ގެނެސްދެ އެވެ. ބައެއް ފަރާތް ތަކުން އައިސް ކިއުބް އިން މޫނު މަތި މަސާޖް ކުރުމުން ވެސް މިކަމަށް ހައްލު ލިބިގެންދާ ކަމަށް ދަނީ ހާމަކުރަމުންނެވެ.
ރަނގަޅަށް ނިދި ހަމަ ކުރުން
ހަމަ ނިދި ނުލިބިއްޖެ ރެއެއް ނަމަ އޭގެ އަނެއް ދުވަހު ލޯ ކައިރި ކަޅުވެފައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ. އެހެން ކަމުން ދުވާލަކު މަދުވެގެން 8 ގަޑިއިރުގެ ނިދި ހަމަ ކުރަންވާނެއެވެ.
ސައިފަތް
ސައި ތަށި ގިރުމަށް ފަހު ސައިފަތުގެ ހޫނުކަން ފިލުމުން ލޯ ކައިރީގައި މަޑު މަޑުން ސައިފަތް ހާކާލާށެވެ. މިކަމަކީ ލޯކައިރި ކަޅުވުން އަވަހަށް ރަނގަޅު ކޮށްދޭ ކަމެއް ކަމަށް ވެސް ދިރާސާ ތަކުން ވަނީ ހާމަވެފައެވެ.