ކުރީގެ ރައީސް ޔާމީނަށް ރިޔާސީ ދެވަނަ ދައުރެއް ކަށަވަރުކޮށްދޭން ތައްޔާރަށް ހުންނެވި ކަމަށް މި ސަރުކާރުގެ ފުރަތަމަ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ކައުންސިލަށް ރޭ އިންތިހާބުވި މަލީހް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ އާއި ވަތަނީ ފިކުރުގެ ދުޝްމަނުން ކިތަންމެ ނޭދުނަސް މުޅި ފިޔާތޮށި ލަޝްކަރުގެ ހަކަތަ އެއްތަން ކުރެވިގެންދާނީ ރައީސް ޔާމީނަށް ރިޔާސީ ދެވަނަ ދައުރެއް ކަށަވަރުކޮށް ދިނުމަށް ކަމަށެވެ.
”އެކަމަށް ވާންޖެހޭ ކޮންމެ ޤުރުބާނީއެއް ވުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް. ބުންވަރު ހުސްނުވާނެ.“ މަލީހް ވިދާޅުވި އެވެ.
މަލީހު އަކީ ކުރިން ވެސް ޕީޕީއެމްގައި މަސައްކަތް ކުރެއްވި ފަރާތެއް ކަމަށްވާއިރު، އޭނާ ވަނީ ޔާމީންގެ ވެރިކަމުގައި ޔޫތް މިނިސްޓަރުކަން ވެސް ކުރައްވާފަ އެވެ. ނަމަވެސް މިނިސްޓަރު ކަމުން ވަކިކުރެއްވުމުން މަލީހު ވަނީ އެ ޕާޓީން ވަކިވެ ވަޑައިގެންފަ އެވެ.
އަޅް އަޙު އެކުވެރި މަލީހުއަށް ހެޔޮވިސްނުން އައްޅޯހު ތައާލާ މިންވަރު ކޮއްދެއްވިކަމަށްޓަކާ އައްޅޯހަށް ހަމުދާއި ޝުކުރު ކުރަން އަޅުގަޑުމެން މިތިބީ ޕިންކު ލަސްކަރާއި އެކު އެއިރުވެސް މިއަދުވެސް މާދަމާވެސް ތިބޭނީ ހަމަމިގޮތުގާ އަޅުގަނޑުމެން ގައުމުގެ ސަލާމަތީ ލީޓަރަށް ދެވަނަ ދައުރެށް ހޯދަދިނުމަށްޓަކާ ކުރަންޖެހުނު ކޮއްމެމަސަށްކަތެށްވެސް ކުރަން ރެޑީ