މީސްމީޑިއާގައި ދައުރުވަމުންދާ، ފ. ދަރަނބޫދޫގެ ކުރީގެ މިސްކިތެއްގައި އިންޑިއާ މީހުން ދިރިއުޅޭ ވިޑިއޯއެއް މީސްމީޑިއާގައި އާންމުވުމާއި ގުޅިގެން، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އިސްތިއުފާ ދެއްވަން ކުރީގެ ނައިބު ރައީށް ޑރ. މުހައްމަދު ޖަމީލް އަހުމަދު ގޮވާލައްވައިފިއެވެ.
ޑރ ޖަމީލް މިހެން ވިދާޅުވީ، ދަރަނބޫދޫގެ މިސްކިތެއްގައި އިންޑިއާ މީހުން ދިރިއުޅެމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވުމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީއިން ނެރުނު ބަޔަކާއި ގުޅިގެންނެވެ.
އިސްލާމިކް މިނިސްޓްރީއިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، މިސްކިތެއްގައި ބިދޭސީންތަކެއް ނިދަން ތިބި މަންޒަރު ފެންނަ ވީޑިއޯއިން ފެނިގެންދަނީ މިހާރު މިސްކިތެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ އިމާރާތެއް ނޫން ކަމަށެވެ. އެގޮތުން ދަރަނބުދޫގައި އަލަށް އިމާރާތް ކުރި މިސްކިތް 2017 ވަނަ އަހަރު ބޭނުންކުރަން ފެށުމާއެކު، ކުރިން އެ ރަށުގައި ބޭނުންކުރަމުން އައި މިސްކިތް ބަންދުކޮށް އެމިސްކިތުގައި ނަމާދު ނުކުރާތީ މިސްކިތުގައި ގުރުއާން ކްލާހެއް ހިންގަން އެރަށު ކައުންސިލުން މިނިސްޓްރީގައި އެދުމުން މިސްކިތް ކައުންސިލުން ގުރުއާން ކްލާހެއް ހިންގުމަށް އެމިސްކިތް ހަވާލު ކުރި ކަމަށާއި ކައުންސިލުން މިސްކިތުގައި ގުރުއާން ކްލާހެއް ހިންގިކަން މިނިސްޓްރީއަށް އެނގިފައިވާ ކަމަށެވެ.
މިކަމާއި ގުޅިގެން ޑރ ޖަމީލް ވިދާޅުވީ، މިއީ މިހާހިސާބަށް ރާއްޖޭގައި ހެއްދެވި ފަރާތުގެ ގެކޮޅުގެ ހުރުމަތް ކަނޑާލުމަށް ހިންގުނު އެންމެ ފާޅުކަންބޮޑު ވިޔާނުދާ އަމަލު ކަމަށާއި، މިކަން ހުއްޓުވަން ފުލުހުންނަށް ނުކުޅެދޭނަމަ މުޅި ރާއްޖޭގެ ރައްޔިތުން ތެދުވާންޖެހޭ ކަމަށެވެ.
އަދި ބަހަނާ ނުދައްކައި އިސްލާމިކް މިނިސްޓަރ އިސްތިއުފާދެއްވުމަށްވެސް ޑރ ޖަމީލު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
Zaatheevegen thigothah thelhuneemai vetteyneejameelugeagu
ލަދުކުޑައިންސާނުން ދުނިޔޭގައުޅޭ!
މިވަރެއް ނުދެކެން !ކަލޯބުރިންހަންނެގީމަ ތިދުވަނީ ޔާމީނުފަހަތުން ގައިމު ނުބައިކަންތަކެއްކުރެވިފަހުރީމަތާ!
މާވަރުގަދަ ސިޔާސީ މީހުންނައްވެގެން ބޮޑިބަތް ކައްކަން އުޅުނަކަސްނުވާނެ… ނިކަން އޮއްޓަރެއްހުރި ވާހަކައެއް ދައްކަބަލަ.. މީނައާއި މަލީހުއާއި ދެމީހުންމީ އެއްފޮތަކުން ކޮޕީކޮއްގެން އުޅޭ ބޯނުގުނާ ސިޔާސީ 2 މީހުން….