ގދ. މަޑަވެލި ”ކަމަނަ“ ދޯނީގެ ފަޅުވެރިއެއްގެ ހާލު ދެރަވެގެން އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، މަޑަވެލީގެ ހުޅަނގުން 45 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަން ކުރަން އުޅުނު ”ކަމަނަ“ ދޯނީގައި ހުރި 43 އަހަރުގެ ދިވެހި ފަޅުވެރިއެއްގެ ހާލު ދެރަވެގެން، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާއެކު ޑރ.ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްދީފައިވާ ކަމަށެވެ.
އެމީހާއަށް މިހާރު ޑރ. އޭއެސްއެމް ހޮސްޕިޓަލުގައި ފަރުވާދެމުންގެންދާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.