މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން އިންޑިއާއިން ދިވެހި ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރާ ބައްދަލު ކޮށްފިއެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމް އިން ބުނި ގޮތުގައި މިބައްދަލުވުމުގައި އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫނާއި، އެޕާޓީގެ ނާއިބް ރައީސާ ނާދިރާވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މިބައްދަލުވުމާއި ގުޅޭގޮތުން އެމްއާރުއެމްއިން ބުނެފައިވަނީ މިބައްދަލުވުމުގައި އެމްއާރުއެމްގެ ކުރިމަގާ ގުޅޭގޮތުންނާއި، ރާއްޖޭގެ ސިޔާސީ މަސްރަހުގެ މިހާރުގެ ހާލަތައި ގުޅޭގޮތުންވެސް މަޝްވަރާ ކުރެވިފައިވާކަމަށެވެ.
މީގެ އިތުރުން މިބައްދަލުވުމުގައި އިންޑިއާއާއި، ދިވެހި ރާއްޖެއާއި ދެމެދު ޒަމާނުއްސުރެއް އޮންނަ އެކުވެރި ގުޅުމުގެ މައްޗަށްވެސް ވަނީ މަޝްވަރާ ކުރެވިފައެވެ. އެމްއާރުއެމްއިން އިންޑިއާ ސަފީރާއި ބައްދަލުކޮށްފައިވާއިރު، ދާދިފަހުން މަޖިލިސް ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އިންޑިއާ ސަފީރާއި ބައްދަލު ކުރައްވާފައެވެ.
Laarigandeh beynun vegen indiaage faibudah vetti salaam jehee kuriah oiy thanugaa gaumu alhuvethi kuraane hikumaiy thakeh raavaa Lee