ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެންމެ ގާބިލު ބޭފުޅަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށާއި ޝަރުތަކާ ނުލައި އެމަނިކުފާނަށް ރިޔާސީ ޓިކެޓް ލިބެންޖެހޭ ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް)ގެ ރީޖަނަލް ޑިރެކްޓަރު ސައުދުﷲ އަލީ ވިދާޅުވެއްޖެ އެވެ.
ރިޔާސީ ދެވަނަ ދައުރަކަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން ރައީސް ސޯލިހު ފާޅުކުރެއްވުމުން ގިނަ ބަޔަކު އަންނަނީ އެމަނިކުފާނަށް ތާއީދުކުރާ ކަން ހާމަކުރައްވަމުންނެވެ.
ސައުދުﷲ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ސޯލިހު ގައުމު ބިނާކޮށް، ތަފާތު ކުރުން ނައްތާލައި ދުނިޔެއަށް ދިމާވި ކޮވިޑް-19ގެ ބަލިމަޑުކަމުގައި ރައްޔިތުންނަށް ނިކަމެތިކަމެއް އަޔަނުދީ ގައުމު އާރާސްތު ކޮށްދެއްވާފައިވާ ކަމަށެވެ.
އަދި ގައުމުގެ ހަމަޖެހުމާއި ސުލްހަމަސަލަސްކަން ގާއިމު ކޮށްދެއްވީ އެމަނިކުފާނު ކަމަށާއި އެހެންކަމުން ރައީސް ސޯލިހަށް ރިޔާސީ ދެވަނަ ދައުރެއް ދީގެން މެނުވީ ރައްޔިތުން ބޭނުންވާ ފުރިހަމަ ތަރައްގީއެއް ފުރިހަމަ ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
“ރިޔާސީ ނިޒާމު ހިންގާ ގައުމުތަކުގައިވެސް ރީތި ވެރިކަމެއްކުރާ ވެރިރަޔަކަށް ދެވަނަ ދައުރެއް ކަށަވަރުވަމުން ދަނީ. 2023ގެ ރިޔާސީ ޓިކެޓް ޝަރުތަކާ ނުލައި ލިބެންޖެހޭ،” ސައުދުﷲ ވިދާޅުވި އެވެ.
ސައުދުاللهމާރަނގަޅުވާނެ މީސްމީހުން އަތުން ފޭރިގެންފަ ހުރިފައިސާ އެފަރާތްތަކަށް ދިނިއްޔާ
އެހެން ނުވާންވީ ކީއްވެހެވެ ތިހުރީ މަސްފެން ގަނޑެއް ޞަލަހައްޓަން ޙަވާލު ކުރެވިފައެވެ ތައުރީފާ ސަނ ާކިަޔުން މުހިއްމުވެ މަގާމްގައި ދެމި ޙުރުމަކަށް ނެތެވެ
އެހެންވެ ތިޔަ ޚިޔާލަކީ ތިމާގެ އަމިއްލަ ނަފްސީ ނަފްސީ ޚިޔާލެވެ