ދިވެހިރާއްޖޭގައި ވެރިކަންކޮށްފައިވާ ބޭބޭފުޅުންނަށް ޝަރީއަތް ހިންގުމަކީ ހިތާމަ ކުރަންޖެހޭ ކަމެއްކަމަށާއި، އެކަން ހުއްޓާލަން ޖެހޭކަމަށް ޤާނޫނީ ވަކީލު މުޙައްމަދު ނިޝާން އިބްރާހީމް ވިދާޅު ވެއްޖެއެވެ.
ރާއްޖޭގެ ވެރިކަމަށް އައި ގިނަ ރައީސުން، އެބޭބޭފުޅުންގެ ޒައާމަތުގައި، ނިމުނު ރައީސުންނަށް ޝަރީއަތް ހިންގި މަންޒަރުފެނުކަން ފާހަގަކުރަމުން ނިޝާން ވިދާޅުވީ، އެކަން ނުފެނުނީ ރައީސް ނަޝީދުގެ ވެރިކަމުގައި އެކަނި ކަމުގައެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައިވެސް ރައީސް މައުމޫން ފުލުހުންގެ އިދާރާއަށް ގެންދިޔަ މަންޒަރު ފެނުނުކަމަށާއި، އެހެންނަމަވެސް ޝަރީއަތެއްް ހިންގި މަންޒަރު ނުފެންނަކަން ފާހަގަކުރަމުން ނިޝާން ވިދާޅުވީ، އެހެން ހުރިހާ ރައީސުންގެ ދައުރުތަކުގައި އެކަން ތަކުރާރު ކުރިކަމަށެވެ.
މާދަމާ ރައީސް ސޯލިހުގެ ވެރިކަން ނިމުމުން ދެން އަންނަ ބޭފުޅަކު ރައީސް ސޯލިހުގެ ޝަރީއަތް ހިންގަންވީކަމަށާއި، މިއީ ނިމުމެއް ނެތް ކަމެއް ކަމަށް ފާހަގަކުރަމުން ނިޝާން ވިދާޅުވީ، މިކަމުން ނުކުންނަ ނަތީޖާއަކީ ޤައުމު ބައިބައިވުން އެކަނިކަމަށާއި، ސިޔާސީ ގޮތުންވެސް ހާސިލުކުރެވޭ ކަމެއް ނުފެންނަކަމަށެވެ.
މިހިނދުން މިހިނދަށް މިހެން ހިންގާ ޝަރީއަތްތަކާއި ތަހްޤީގް ހުއްޓާލަން ގޮވާލަމުން ނިޝާން ވިދާޅުވީ، ހެޔޮ ނަތީޖާއެއް ނެތްކަމެއްގައި ދަައުލަތުގެ ހަކަތަ ހޭދަކުރުން މިއީ ރަނގަޅު ގޮތްކަމަށް ނުދެކޭކަމަށެވެ.
ކޮންމެ ދައުރެއް ބަދަލުވުމުން ފެންނަނީ ނިމިދިޔަ ދައުރު ގޯސްވާހަކަ ދައްކާމަންޒަރުކަމަށާއި، ނިމިދިޔަ ދައުރުގެ ކަންކަން ބެލުމަށް މުޅި ދައުލަތް އެކުގައި ފޫގަޅާ ދައުލަތުގެ ފަސް އަހަރު ހޭދަކުރަނީ އެކަމަށްޓަކައިކަމަށް ނިޝާން ވިދާޅުވިއެވެ.
Mee siyaasee vaadha verin gadhabaarun ehfaraaiy kurumah hingaa amaleh. Verikan hoadhan faseyha vaanee ehen meehunahvuren thimaa
molhuvumuge badhalugai emeehunge dhuvas dhuvvalevigen kamugai dhekeythee.
އެދެއްތޯ ކުށުންބަރީއަވެގެންވާ ބޭކަލެއް?