މާލޭގެ ގެއެއްގެ ލިފްޓު ތެރޭ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހެންވޭރު ގެއެއްގައި އުޅެމުންދާ އަންހެނަކަށް އެގޭ ލިފްޓަށް އެރި ވަގުތު ލިފްޓަށް އެރި ފިރިހެނަކު އަންހެން މީހާއަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މިމަހުގެ 14 ވަނަ ދުވަހު ހުށައަޅާފައިވާ ކަމަށެވެ.
އޮފިޝަލް ވިދާޅުވިގޮތުގައި، މި މައްސަލައާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ދަނީ ބަލަމުންނެވެ.