ބުދަ, ސެޕްޓެމްބަރ 27, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ބުއްދިވެރިއަކު ނުކުރާނެ ދެ ކަމަކީ އެ ބައެއްގެ ދީނަށް ބަދުބަސް ބުނުމާއި އެ ބައެއްގެ ސަގާފަތަށް ފާޑުކިޔުން – ޔާމީން

ޠަލްޙަތު މޫސާ ލިޔުނީ: ޠަލްޙަތު މޫސާ
ޖޫން 17, 2022
ފީޗަރ, ޚަބަރު
1
ބުއްދިވެރިއަކު ނުކުރާނެ ދެ ކަމަކީ އެ ބައެއްގެ ދީނަށް ބަދުބަސް ބުނުމާއި އެ ބައެއްގެ ސަގާފަތަށް ފާޑުކިޔުން – ޔާމީން

އެއްވެސް މުޖުތަމައެއްގެ ތެރޭގައި ބުއްދިވެރިއަކު ނުކުރާނެ ދެ ކަމަކީ އެ ބައެއްގެ ދީނަށް ބަދުބަސް ބުނުމާއި އެ ބައެއްގެ ސަގާފަތަށް ފާޑުކިޔުން ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

”ނަބިއްޔާގެ ދިފާއުގައި“ ގެ ނަމުގައި އިދިކޮޅު ޕީޕީއެމުން ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ އެއްވެސް ބުއްދިވެރިއަކު ދީނަށް ބަދުބަސް ބުނެ އެ ބައެެއްގެ ސަގާފަތަށް ފާޑުނުކިޔާނެ ކަމަށެވެ. އެކަމަކު އިންޑިއާގައި ވެރިކަން ކުރަމުން އަންނަ ބީޖޭޕީން މިހާރު ކުރަމުންދަނީ އެ މަސައްކަތް ކަމަށާއި އެ ގައުމުގެ މީހުންގެ ދުލުގެ ބާރު ގާނޫނުއަސާސީން އެ ވަރަށް ދީފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

އެކަމަކު ރާއްޖެ އެ ބަޔަކާ ހެދި އެންމެ ވަރުގަދައަށް ޖިހާދު ކުރާ ބަޔަކީ އިންޑިއާ ކަމަށާއި އެ މީހުންނާ ދެކޮޅަށް އެއްޗެއް ނުބުނެވޭ ކަމަށް ވިދާޅުވެ ޔާމީން، މިހާރުގެ ސަރުކާރަށް ފާޑުވިދާޅުވި އެވެ.

”ރައްޔިތުންގެ އަޑު އިއްވަން ބުނީމާ އެކަން ކުރަން ސަރުކާރުން ޖާގަދޭކަށް ބޭނުމެއް ނުވޭ. އެބަޖެހޭ ދެއްތޯ މި ދާއިރާ އިން ހަމަ ގައިމު ވެސް ފިލާވަޅުތަކެއް ނަގައިދޭން،“ އެ މަނިކުފާނު ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އެގޮތަށް ކަން ހިނގަމުންދަނީ ގާނޫނުގައި ލިޔެފައި ނެތިގެން ނޫން ކަމަށެވެ. އެކަން ވަރަށް ރަނގަޅަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ކުށްވެރިވާ މިންވަރާއި ހިޔާލުފާޅުކުރެވޭނެ މިންވަރާއި ނުކުރެވޭނެ ހާލަތުތައް ވެސް ބަޔާންކޮށްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

”މީހަކު ބެނާއެއް ދަމާލީމަތޯ މި ސަރުކާރު ވެއްޓިދާނެތީ އެ އުޅެނީ. މޯދީ ސަރުކާރު އިނދަޖެހިދާނެތީ އެ އުޅެނީ. އެ ވަރުގެ ނުކުޅެދުންތެރިކަން ހުންނަ ބަޔަކު ކިހިނެއްތޯ ވެރިކަން ކުރާނީ. ހިޔާލުފާޅުކުރުން ތަންމިނަށް ހުޅުވާލާނެ ކަމަށް ބުނި ސަރުކާރެއް،“ ޔާމީން ވިދާޅުވި އެވެ.

އިންޑިއާގައި ރަސޫލާއަށް ފުރައްސާރަކުރި މައްސަލައާ ގުޅިގެން ޔާމީން ވިދާޅުވީ އެއީ އެއްވެސް ވަރަކަށް ޖާގަދޭނެ ކަމެއް ނޫން ކަމަށެވެ. ހިންދޫ ދީނަކީ ހިންދުތުވާ ނޫން ކަމަށާއި ހިންދުތުވާއަކީ ސިޔާސީ ހަރަކާތެއް ކަމަށް ޔާމީން ވިދާޅުވި އެވެ. އެ މީހުން ހިންދުސްތާނުގައި އުޅެން ވާނީ ހަމައެކަނި ހިންދޫން ކަމަށް ގަބޫލުކުރާ މީހުން ކަމަށް ޔާމީން ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ފަހުގެ ތާރީހުގައި އިންޑިއާއިން ބައިވެރިވާ ހުރިހާ ދާހިލީ ހަމަނުޖެހުންތަކުގައި އާރުއެސްއެސް ބައިވެރިވެފައިވާ ކަމަށާއި އެމީހުންގެ ބޭނުމަކީ ހިންދޫ ކިންގްޑޮމެއް އުފެއްދުން ކަމަށެވެ. އަދި އެހެން ދީންތަކުގެ މީހުން ނައްތާލަންޖެހޭކަމަށް ގަބޫލުކޮށްގެން އެމީހުން އެ މަސައްކަތް ކުރަމުންދާ ކަމަށް ޔާމީން ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ފުރަތަމަ ބުރަށް ފަހު އެމްޑީޕީ ހަމަހިމޭންވީ ބަލި ގަބޫލުކޮށް- މައުރޫފް

ފުރަތަމަ ބުރަށް ފަހު އެމްޑީޕީ ހަމަހިމޭންވީ ބަލި ގަބޫލުކޮށް- މައުރޫފް

ސެޕްޓެމްބަރ 27, 2023
ރައީސް ދޫކޮށް، އެމްޑީއޭ އިން މުއިއްޒަށް ތާއީދުކުރަން ނިންމައިފި

ރައީސް ދޫކޮށް، އެމްޑީއޭ އިން މުއިއްޒަށް ތާއީދުކުރަން ނިންމައިފި

ސެޕްޓެމްބަރ 27, 2023
އެއްވެސް މީހަކަށް އަނިޔާއެއް ދީފައި ނޯންނާނެ: މުޢިއްޒު

އެއްވެސް މީހަކަށް އަނިޔާއެއް ދީފައި ނޯންނާނެ: މުޢިއްޒު

ސެޕްޓެމްބަރ 26, 2023
ހަތަރު ކިލޯގެ ޑްރަގާއެކު ދެ ދިވެހިންނާއި ދެ ބިދޭސީއަކު ހައްޔަރުކޮށްފި

މީހަކު ރަހީނުކޮށް ފައިސާ ފޭރުނު މައްސަލަ: 200,000 އަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިމެނޭ

ސެޕްޓެމްބަރ 26, 2023

Comments 1

  1. ބޭބެ says:
    1 year ago

    ބަލަގަ މިހިރަ ދެބޯބުރާންޗާ
    ކަލެއަށް ވުރެ ބޮޑަށް ދީނަށްފުރައްސާރަކުރީ ކާކުތަ?
    ތިމަންމެނީ ﷲގެދެވަނަ ދަރިންނެއްނޫނޭ . ބުނުމާ
    ވައްކަން ހުއްދަކަމަށްގޮވުމާ ބެންކޮކަށްގޮސް ކުރާ ޒިނޭ ފައިސާ ދިނީމަހުއްދަ ވާގޮތަށް ގޮވިކޮސް އެހެރީ
    ދިމާއަށް ފެއްނަން ދޯ ?
    އެއަކީ ޒަމާނުއްސުރެ ދިވެހިން ގަބޫލުކުރާ ސަގާފަތެއްނޫން!
    މިހިރަގަމާރާ ކުރިންކުރިހާކޮސްކަންކަމާ ގޮވިހާ ކޮސް އެހުރީ
    ރެކޯޑުކުރެވިފަ
    އަމިއްލައަށް އަޑު އަހާ ބަލާލަބަލަ!

    Reply

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ތައިރޮއިޑް މައްސަލަ ހުންނަ ނަމަ ކާންވީ މިތަކެތި

    ތައިރޮއިޑް މައްސަލަ ހުންނަ ނަމަ ކާންވީ މިތަކެތި

    0 shares
    Share 0 Tweet 0
  • ވާހަކަ: ޔާރު ތިޔެ މިހިތުގެ ޝިފާ… (ދިހަވަނަ ބައި)

    0 shares
    Share 0 Tweet 0
  • ޑެންގޫ ޖެހިގެން އެއް އާއިލާގެ ދެ ބޭފުޅަކު މިއަދު ނިޔާވެއްޖެ

    0 shares
    Share 0 Tweet 0
  • ރައީސް ޞާލިޙަށް ދެން މޮޅުނުވެވޭނެކަން ގަބޫލުކުރެއްވުން އެއީ ގައުމަށް ވަރަށް ބޭނުންތެރިކަމެއް: ނަޝީދު

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In