މާލޭ މީހުން ޕިކްނިކް ދިއުމަށް ތަރައްގީކުރާ ކ. ކުޑަގިރީގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އިއްޔެ ބައްލަވާލައްވައިފިއެވެ.
ކުޑަގިރިއަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ކުޑަގިރި ފެހިކުރުމަށް ކުރިއަށްގެންދާ ގަސް އިންދުމުގެ ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން، ގަސް އިންދަވާފައެވެ. އެއަށްފަހު އެސްއޯއީތަކުގެ އިސް ފަރާތްތަކާއެކުވަނީ، ވަކިވަކި ކުންފުނިތަކުން ހަވާލުވެ ކުޑަގިރި ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަސައްކަތްތައް ބައްލަވާލައްވާފައެވެ.
ކުޑަގިރިއަކީ މާލެ ކައިރިން ފަޅެއް ހިއްކައިގެން ހަދާ 8 ހެކްޓަރުގެ ރަށެކެވެ. ބިން ހިއްކާ ނިމި ރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ އިތުރުން ރަށުގެ ބީޗްތައް ހެދުމުގެ މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީންނެވެ.
މި ޕްރޮޖެކްޓްގެ އެންމެ ބޮޑު ބޭނުމަކީ މާލޭގެ ރައްޔިތުން އާއިލާއާއިއެކު ވަގުތު ހޭދަކޮށްލާ، ހިތްފަސޭހަކޮށް ދަތުރުދެވޭނެ މާޙައުލެއް ޤާއިމުކުރުމަށް ރައީސްގެ ވަޢުދުފުޅަށް ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.
ކޮން ކުޑަގިރިއެއްތަ. އެސަރަހައްދަ އަހަރެމެން ކިޔާއުޅެނީ ބަންގާ.