ބިއްލޫރި ޝީޓުތަކެއް ދަށުވެ ބިދޭސީންތަކަކަށް އަނިޔާވެ އޭގެތެރެއިން އެކަކު މަރުވެއްޖެއެވެ.
އެ ހާދިސާ ހިނގާފައި ވަނީ ނ. އަތޮޅުގައި ސިނާއީ މަސައްކަތްކުރަމުން އަންނަ މާކުރަންދޫގައެވެ. އެ ހާދިސާގައި ތިން މީހަކަށް އަނިޔާވެގެން ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް އިއްޔެ މެންދުރު 13:30ހާއިރު ވަނީ ގެންގޮސްފައެވެ.
އަނިޔާވި ބިދޭސީންގެ ތެރެއިން އެކަކު މަރުވީ ރޭގެ ވަގުތެއްގައެވެ. އޭނާ އަށް ވަނީ މި ހާދިސާގައި ބޮޑެތި ޒަހަމްތަކެއް ލިބިފައެވެ. މީގެއިތުރުންވެސް އިތުރު މީހެއްގެ ހާލު ސީރިއަސްވުމުން ރޭ އިރާކޮޅު އޭނާ ވަނީ މާލެ ގެންގޮސްފައެވެ.
އަނިޔާވި މީހުންގެ ތެރެއިން އެކަކު ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފައެވެ.