އަންހެނުންއަށް ވުރެ ފިރެހެނުން ސިއްޙީގޮތުން ބަލިކަށި ކަމަށް ދިރާސާ ތަކުން ހާމަކޮށްފިއެވެ.
އިންޑިއާގެ މެޑިކަލް ޓީމް އަކުން ކުރި ދިރާސާ އަކުން ހާމަވި ގޮތުގައި ކޮންމެ އަހަރަކުވެސް އަންހެނުންއަށް ވުރެ ގިނައިން އެކި ކަހަލަ ބަލިތައް ތަހައްމަލް ކުރަމުން ދަނީ ފިރެހެނުން ކަމަށެވެ.
ޑރ. މެގްނާ ޕަސީ އިސްކޮށް ހުންނަވާ ކުރި މި ދިރާސާއިން ހާމަވާ ގޮތުގައި ފިރެހެނުން ސިއްޙީ ގޮތުން ބަލިކަށިވަނީ ހަށިގަނޑަށް ގެއްލުން ވާފަދަ އެއްޗެހި ބޭނުން ކުރުމުގެ ސަބަބުން ކަމަށެވެ. އެގޮތުން ސިނގިރޭޓް ބުއިމާއި ބަނގުރާ ބުއިން ފަދަ ކަންކަމަކީ ނިސްބަތުން ގިނަ ފިރެހެނުން ކުރާ ސިއްޙަތަށް ގެއްލުން ބޮޑު އަމަލެއް ކަމަށް ޑރ މެގްނާ ވަނީ ވިދާޅުވެފައެވެ.
އެގޮތުން ހަކުރު ބައްޔާއި ކެންސަރ ފަދަ ބަލިތައް ތަހައްމަލް ކުރަމުން ދާ ފިރެހެނުންގެ އަދަދު %15.6 އަށް އަރާފައިވާ އިރު އަންހެނުންގެ އަދަދު އުޅެނީ %13.5 ގައި ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.
އަދި ކުރިއަށް ހުރި އަހަރު ތަކުގައި މި ރޭޓް އިތުރަށް މަތިވެދާނެ ކަމަށާއި ހަށިގަނޑުގެ ދުޅަހެޔޮ ކަމަށް ސަމާލުވުމަށް ވެސް ވ ޑރ ވަނީ އިލްތިމާސް ކޮށްފައެވެ.
ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ސިނގިރޭޓް އާއި އެނޫންވެސް ހަށިގަނޑަށް ގެއްލުން ލިބޭ ބުއިންތަކާއި ދުރުހެލި ވެ ހަށިގަނޑަށް ފައިދާ ހުރި ކާނާ ކެއުމަށް އާދަކުރާށެވެ.