ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރްމާ އާއި އިންޑިއާގެ ގައުމީ ކްރިކެޓް ކުޅުންތެރިޔާ ވިރާތް ކޯލީ އަށް ދެވަނަ ކުއްޖަކު ލިބެން އުޅޭ ކަމަށް މީޑިއާތަކުން ދަނީ ހާމަކުރަމުންނެވެ.
މީޑިއާ ތަކުން މިހެން ރިޕޯޓްކޮށްފައި ވަނީ އެދެމަފިރިންނާއި ދަރިފުޅު ވަމިކާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށްފަހު އެނބުރި އިންޑިއާއަށް ދިޔަ ދުވަހު ހޮސްޕިޓަލްއަށް ގޮސްފައި ވުމުންނެވެ.
އެގޮތުން އަނުޝްކާ ހޮސްޕިޓަލްއަށް ދިއުމާއި އެކު ގިނަ ސަޕޯޓަރުންއެއް ވަނީ އަނުޝްކާ އާއި ވިރާތްއަށް ކުއްޖަކު ލިބެން އުޅޭ ކަމަށް ޝޯޝަލް މީޑިއާގައި ވާހަކަ ދައްކަން ފަށާފައެވެ.
ނަމަވެސް މިކަމާއި ގުޅޭގޮތުން އަނުޝްކާ އާއި ވިރާތް އަދި ރަސްމީކޮށް ބަހެއް ނުބުނި ނަމަވެސް ރިޕޯޓް ތަކުން ހާމަވާ ގޮތުގައި އަނުޝްކާ ހޮސްޕިޓަލް އަށް ގޮސްފައިވަނީ އެހެން ބޭނުމަކު ކަމަށެވެ.
ކުރިއަށް އެކި ފިލްމް ތަކުގެ ޝޫޓިން އޮތުމުން މިކަމަކީ ދޮގު ޙަބަރަކަށް ވުން އެކަށީގެންވާ ކަމަށް ވެސް މީޑިއާ ތަކުން ދަނީ ހާމަކުރަމުންނެވެ. އެގޮތުން އަނުޝްކާގެ ”ޗަކްދާ އެކްސްޕްރެސް“ އާއި ”ކެނެޑާ“ މި އަހަރު ފަހު ކޮޅު ރިލީޒް ކުރަން ވަނީ ހަމަ ޖެހިފައެވެ.