ބޮލީވުޑްގެ މަޝްޙޫރު ޕްރޮޑިއުސަރ ކަރަން ޖޯހަރުގެ ޝޯއެއް ކަމަށްވާ ކޮފީ ވިތް ކަރަން ބްރޭކްއަކަށް ފަހު އަލުން ފަށަން ހަމަ ޖައްސާފިއެވެ.
މި ޝޯއަކީ ބޮލީވުޑްގެ މަޝްޙޫރު ތަރިންއާއި އެކު އެކަކު އަނެކަކުގެ ގޮސިޕް ކުރާ ޝޯއެކެވެ. ގިނަ ބަޔެއްގެ ފާޑު ކިޔުން ވެސް އަމާޒުވެފައިވާ މި ޝޯ އަކީ އާއްމުކޮށް ދާއިރާއަށް ވަންނަ އާ ތަރިންއަށް މަލާމާތް ކުރުމުގެ ގޮތުން އުފައްދާ ޝޯ އެއް ކަމަށް ގިނަ ފަރާތް ތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.
އެގޮތުން ކޮފީ ވިތް ކަރަންގެ ސީޒަން 7 އިއުލާން ކުރުމާއި އެކު ބަތަލް ރަންބީރް ކަޕޫރު ވަނީ އޭނާއަށް ދައުވަތު ނުދިނުމަށް އެދިފައެވެ. އޭނާ ހާމަ ކޮށްފައިވާ ގޮތުގައި ކަރަން އެމީހުން ލައްވާ މީހުންގެ ވާހަކަ ދައްކާއިން ލާރި ހޯދާ ކަމަށެވެ.
އަދި އެ ޝޯގައި ދައްކަން ޖެހޭ ވާހަކައިގެ ސަބަބުން އެމީހަކަށް އާއްމުންގެ ނުރުހުން އަމާޒުވެ އެތައް ދުވަހެއް ވާއިރު ވެސް އެވާހަކަ އެހެން މީހުން ދައްކާކަމެވެ.
ރަންބީރްގެ އިތުރުން ގިނަ ފަންނާނުން ތަކެއް އަންނަނީ ކޮފީ ވިތް ކަރަންއަށް ދައުވަތު ނުދިނުމަށް އެދެމުންނެވެ. ކޮފީ ވިތް ކަރަން ޝޯއަކީ އަބުތު ކަތިލެވޭ ޝޯ އެއް ކަމަށް ގިނަ ފަންނާނުން ދަނީ ބުނަމުންނެވެ.