ފަތުރުވެރިންތަކަކާއެކު ދަތުރުކުރަމުންދިޔަ ސަފާރީއެއްގައި އަލިފާން ރޯވެއްޖެ އެވެ.
އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި އަނދަމުން ދަނީ ‘އަވި’ ނަމަކަށް ކިޔާ ސަފާރީއެއްގައެވެ. އެ ސަފާރީގައި ރޯވެފައިވަނީ ކ. ގާފަރާ 13 މޭލު ހުޅަނގުން ކަމަށް ސިފައިން ބުންޏެވެ.
އެ ސަފާރީގައި ރޯވި އިރު ދަތުރުކުރަމުންދިޔައީ ތިން ފަތުރުވެރިންނާއި 6 ފަޅުވެރިން ކަމުގައިވެސް ސިފައިން ބުންޏެވެ.
”ސަފާރީ އުޅަނދުގެ ކްރޫއިންނާއި ފަސެންޖަރުން ތިބީ ސަފާރީގެ ޑައިވިންގް ދޯނީގައި ހެޔޮހާލުގައި . އަދި ޑައިވިންގ ދޯނީގައިތިބި މީހުން މިހާރު ކޯސްޓްގާޑްގެ ސީއެމްބިއުލާސްގެ އެހީތެރިކަމާއިއެކު މިރޭ 1 ޖަހާކަންހާއިރު ކ.ގާފަރަށް ވަނީ ގެންގޮސްދީފައި“ – އެމްއެންޑީއެފް އިން ބުންޏެވެ.
ރޯވި ސަފާރީ ވަނީ މިހާރު އެއްކޮށް އަޑިޔަށް ގޮސްފައިކަމަށާއި ކޯސްޓްގާޑު ހާބަރކްރާފްޓާއި ފަޔަރު ލޯންޗު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާކަމަށް އެމްއެންޑީއެފް ބުނެއެވެ.