މާލެ ސިޓީ ކައުންސިލުން ކުންފުންޏެއް އުފެއްދުމާއި ގުޅޭގޮތުން އިދާރާތަކާއި މަޝްވަރާކުރަން ނިންމައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 56 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.
އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގަލޮޅު އުތުރު ދާއިރާގެ ކައުންސިލާރ ސައިފް ފާތިހް ވިދާޅުވީ، ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް މާލީ މަންފާ ހާސިލުކުރުމުގެ ގަވާއިދުގެ ދަށުން ކުރެވޭ ކަންތަށްތަކުގެ ތެރެއިން މާލެ ސިޓީ ކައުންސިލަށް ކުރެވޭ ފަދަ ކަމަކަށް އޮތީ ސޯޝަލް ހައުސިންގް ކުރިއަށް ގެންދިއުންކަމަށާއި އެހެންނަމަވެސް އެކަމަކީ މާލީ މަންފާއެއް ހާސިލު ކުރުމަށްވުރެ ނިކަމެތި ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަމެއް ކަމަށެވެ.
ސައިފް ވިދާޅުވީ ސިއްހީ ހިދުމަތްދޭ ތަންތަނާއި ސްކޫލްފަދަ ތަންތަން މާލޭގައި ފުޅާކޮށް މިހާވެސް ހިންގަމުން އަންނަ ކަމަށާއި އެކަން މާލެ ސިޓީ ކައުންސިލުން ފޯރުކޮށްދޭން ޖެހިފައިނުވާ ކަމަށެވެ. އަދި މިފަދަ ކަންކަމަކީ ކުދި ރަށްރަށާއި އަތޮޅު ކައުންސިލްތަކުން ކޮށްދޭން ޖެހޭ ކަމެއް ކަމަށާއި ސިޓީ ކައުންސިލަށް މިއަށްވުރެ ފުޅާ ދާއިރާއެއްގައި މިކަން ކުރެންޖެހޭނެ ކަމަށް ސައިފް ވިދާޅުވިއެވެ.
ސައިފް އިތުރަށް ވިދާޅުވީ މި ގަވާއިދަށް ބަދަލު ގެނައުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީ އަށާއި ލޯކަލް ގަވަރމެންޓް އޮތޯރިޓީ އާއި ބައްދަލު ކުރަންޖެހޭ ކަމަށެވެ. އަދި ސައިފް ވަނީ އެކަން ޖަލްސާގައި ހުށައަޅުއްވާފައެވެ.
ސައިފްގެ ގެ ހުށައެޅުން ޖަލްސާގައި ބައިވެރިވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުން ވަނީ ފާސްވެފައެވެ.
ތިޔައީ ވިޔަފާރި ނުކުރެވިގެން އުޅޭ ބައިގަޑެކެވެ. އަދި ފިހާރަ ހުޅުވާ ލޭންދޭންވެސް ކުރާނެއެވެ. ހުޅުމާލެ ނުލިބިގެން މި އުޅެނީވެސް އެތަނުގެ ބިންތައް ވިއްކާ ކުއްޔަށް ބަހާ ޏުހެދިގެންނެވެ.