މޯލްޑިވިއަންގައި ބޭރަށް ދަތުރު ކުރާއިރު މާސްކް އެޅުން މަޖުބޫރުކޮށްފިއެވެ.
މޯލްޑިވިއަން އިން މިހާރު ވަނީ އެ އެއާލައިންގައި ބޭރަށް ދަތުރު ކުރާ ފަރާތްތަކުން މާސްކް އެޅުމަށް އަންގާ މެސެޖެއް ފޮނުވާފައެވެ.
މިފަދަ މެސެޖެއް ފޮނުވާފައިވާއިރު، މިހާރު ރާއްޖޭގައި އަނެއްކާވެސް ކޮވިޑް-19 ފެތުރެން ފަށާފައިވާއިރު، މާސްކް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބޭރުގެ އެކި ގައުމުތަކުގައިވެސް ކޮވިޑް ފެތުރެމުންދާއިރު، ބައެއް ގައުމުތަކުން ވަނީ އެއާޕޯޓާއި ފްލައިޓް ތެރޭގައި މާސްކް އަޅައިގެން އުޅެން މަޖުބޫރުކޮށްފައެވެ.