ބުދަ, ސެޕްޓެމްބަރ 27, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ހުޅުމާލޭ ފޭސް ދޭއްގެ ބަހުގެ ހިދުމަތް ރަސްމީކޮށް އިފުތިތާހުކޮށްފި

ޠަލްޙަތު މޫސާ ލިޔުނީ: ޠަލްޙަތު މޫސާ
ޖޫން 16, 2022
ޚަބަރު
0
ހުޅުމާލޭ ފޭސް ދޭއްގެ ބަހުގެ ހިދުމަތް ރަސްމީކޮށް އިފުތިތާހުކޮށްފި

ހުޅުމާލޭ ފޭސް ދޭއްގެ ބަހުގެ ހިދުމަތް ރަސްމީކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިފުތިތާހުކޮށްދެއްވައިފިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރައްޔިތުންނަށް ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ބަސް ދަތުރުގެ ޚިދުމަތް އިފްތިތާހް ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް އެކަށޭނެ އެއްގަމު ދަތުރުފަތުރުގެ ނިޒާމެއް ނެތުމަކީ ރައްޔިތުންގެ ބޮޑު ޝަކުވާއެއްކަމަށެވެ. ނަމަވެސް އާރްޓީއެލްގެ ބަހުގެ ޚިދުމަތާއެކު ދަތުރުފަތުރަށްވެސް ބޮޑު ލުޔެއް ލިބިގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކާ ރައްޔިތުންނަށް، ޚާއްސަކޮށް މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭއިިރު ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިއްމު ކަންތައްތައް ނުނިންމާ ހުރިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވުމަށްފަހު އޭރު ދެވަނަ ފިޔަވަހީގައި ކުރަން ފަށާފައިވާ މަސައްކަތްތައް އަވަހަށް ނިންމުމުގެ މަސައްކަތް ފެށިކަމަށާއި، އެއްބަސްވެފައިވާ މަޝްރޫޢުތަކުގެ ތެރެއިން ރައްޔިތުންނަށް ފައިދާ ކުރާ މަޝްރޫޢުތައްވެސް ލަސްނުކޮށް ކުރިއަށް ގެންދަން ފެއްޓެވިކަމަށެވެ.

ހިޔާ ފްލެޓްތަކުގައި ދިިރިއުޅޭ ރައްޔިތުންގެ ޝަކުވާތަކަށް އަލިއަޅުއްވާލައްވާ ރައީސް ވިދާޅުވީ ހިޔާ ފްލެޓްތަކުގައި މީހުން ދިިރިއުޅެން ފެށިއިރު ވަރަށް ގިނަ ޚިދުމަތްތައް ފޯރުކޮށްދޭން ޖެހިފައި ހުރިކަމަށެވެ. އެގޮތުން ތައުލީމާއި ސިއްޙީ ޚިދުމަތްތަކާއި އެހެނިހެން ޚިދުމަތްތައް ހޯދަން ޖެހުނުނަމަވެސް، އުފުލަންޖެހިފައިވާ ބުރަ ބޮޑު ކަމަށްވެސް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ރޭގެ މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްވަނީ އެކުންފުނިން ދެމުން އަންނަ ދަތުރުފަތުރުގެ ޢާއްމު ޚިދުމަތް އިތުރަށް ފުރިހަމަކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ހާމަކުރައްވާފައެވެ. އެގޮތުން މިއަހަރު ނިމުމުގެ ކުރިން ޓެކްނޮލޮޖީގެ އެހީގައި ޕަބްލިކް ޓްރާންސްޕޯޓްގެ ޚިދުމަތް ފޯރުކޮށްދޭ ކޮންމެތާކުން ޚިދުމަތް ލިބޭނެ މަގު ފަހިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސީއީއޯ އާޒިމް ވިދާޅުވިއެވެ. އެހެންކަމުން ބީއެމްއެލްގެ ކާޑުތަކާއި މާސްޓަރ ކާޑު މެދުވެރިކޮށް އަދި ސްމާޓް ފޯނު މެދުވެރިކޮށްވެސް އެމްޓީސީސީގެ ދަތުރުފަތުރުގެ ޚިދުމަތުގެ ޓިކެޓް ނެގޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

ރޭގެ މި ރަސްމިއްޔާތުގައި ރައީސް ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމްގެ އިތުރުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އަދި ހުޅުމާލޭގެ ދާއިރާގެ ރައްޔިތުން މަޖިލިސް މެމްބަރު އަލީ ނިޔާޒު ބައިވެރިވެވަޑައިގެންނެވިއެވެ.

Tags: ހުޅުމާލެރައީސް އިބްރާހިމް މުހައްމަދު ސޯލިހުއެމްޓީސީސީ

ގުޅުންހުރި ލިޔުންތައް

ފުރަތަމަ ބުރަށް ފަހު އެމްޑީޕީ ހަމަހިމޭންވީ ބަލި ގަބޫލުކޮށް- މައުރޫފް

ފުރަތަމަ ބުރަށް ފަހު އެމްޑީޕީ ހަމަހިމޭންވީ ބަލި ގަބޫލުކޮށް- މައުރޫފް

ސެޕްޓެމްބަރ 27, 2023
ރައީސް ދޫކޮށް، އެމްޑީއޭ އިން މުއިއްޒަށް ތާއީދުކުރަން ނިންމައިފި

ރައީސް ދޫކޮށް، އެމްޑީއޭ އިން މުއިއްޒަށް ތާއީދުކުރަން ނިންމައިފި

ސެޕްޓެމްބަރ 27, 2023
އެއްވެސް މީހަކަށް އަނިޔާއެއް ދީފައި ނޯންނާނެ: މުޢިއްޒު

އެއްވެސް މީހަކަށް އަނިޔާއެއް ދީފައި ނޯންނާނެ: މުޢިއްޒު

ސެޕްޓެމްބަރ 26, 2023
ހަތަރު ކިލޯގެ ޑްރަގާއެކު ދެ ދިވެހިންނާއި ދެ ބިދޭސީއަކު ހައްޔަރުކޮށްފި

މީހަކު ރަހީނުކޮށް ފައިސާ ފޭރުނު މައްސަލަ: 200,000 އަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިމެނޭ

ސެޕްޓެމްބަރ 26, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ތައިރޮއިޑް މައްސަލަ ހުންނަ ނަމަ ކާންވީ މިތަކެތި

    ތައިރޮއިޑް މައްސަލަ ހުންނަ ނަމަ ކާންވީ މިތަކެތި

    0 shares
    Share 0 Tweet 0
  • ވާހަކަ: ޔާރު ތިޔެ މިހިތުގެ ޝިފާ… (ދިހަވަނަ ބައި)

    0 shares
    Share 0 Tweet 0
  • ޑެންގޫ ޖެހިގެން އެއް އާއިލާގެ ދެ ބޭފުޅަކު މިއަދު ނިޔާވެއްޖެ

    0 shares
    Share 0 Tweet 0
  • ރައީސް ޞާލިޙަށް ދެން މޮޅުނުވެވޭނެކަން ގަބޫލުކުރެއްވުން އެއީ ގައުމަށް ވަރަށް ބޭނުންތެރިކަމެއް: ނަޝީދު

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In