ޔޯގާ އަކީ ކަސްރަތު ކުރުމުގެ ގޮތުން ގިނަ ބަޔަކު ކުރަމުން އަންނަ ކަމެކެވެ.
އެގޮތުން ސްޓްރެސް ވުމާއި ޑިޕްރެޝަން ފަދަ ބަލި ތަހައްމަލް ކުރަމުންދާ ފަރާތް ތަކުން މިއީ ޝިފާ އެއް ގޮތަށް އަންނަނީ ދެކެމުންނެވެ.
ނަމަވެސް ދިސަލަފިއްޔާގެ ”ޔޯގާގެ ހަޤީޤަތް“ މި ފޮތުގައި ވަނީ ޔޯގާ އަކީ ކޮބާ ކަމާއި ޔޯގާގެ ހަޤީޤަތަކީ ކޮބައިކަން ހާމަކޮށްދީފައެވެ. އެގޮތުން ޔޯގާ އައިސްފައިވަނީ ހިންދޫގެ ބުދަށް އަޅުކަންކުރުމުގެ އަޤީދާއިން ކަމަށާއި މިކަންތަކަކީ ބުދީންގެ ތެރެއިން ފެތުރިގެން އައިސްފައިވާ ކަމެއްކަމުގައެވެ.
އެހެންކަމުން ޔޯގާގެ ފަލްސަފާގައިވާ ގޮތުން ޔޯގާ އަކީ ހަމައެކަނި ޙަރަކާތްތަކެއް ނުވަތަ ކަސްރަތު ތަކެއް ނޫން ކަމަށާއި އެއީ އެކަމުން ހަށިގަނޑާއި ގުޅިފައިވާ ހަރަކާތް ތަކެއް ކަމުގައި ވިއަސް އޭގެ ފަހަތުގައި ޔޯގާގެ އެހެން ކަންތައްވެސް ގުޅިގެން އަންނަކަމަށެވެ.
އަދި މިކަމަކީ އެމީހުން ގަބޫލު ކުރާ ގޮތުގައި ކޮންމެ އިންސާނަކަށް ވެސް އެތައް ޙަޔާތެއް ލިބިގެންވާ ކަމެއް ކަމަށާއި ޔޯގާގެ އަހުލުވެރިޔާ، ޢައިބުގައިވާ ކަންތައް ތައް ވެސް ޔޯގާ ޖައްސާ މީހުންއަށް އިނގޭނެ ކަމަށް އެމީހުން ގަބޫލު ކުރާ ކަމަށެވެ. އަދި މި ކަންތައް ތަކަކީ މުސްލިމުން ޤަބޫލުކުރާ ޤިޔާމަތް ދުވަހަށް އީމާން ވުމުގެ އަޤީދާއަށް ފުށޫ އަރާ ކަމެއް ކަމުގައި ވެސް އެފޮތުގައި ވަނީ ހާމަކޮށްފައެވެ.
ޔޯގާގެ ދީނީ ބަޔާއި ކަސްރަތުގެ ބައި ވަކި ނުކުރެވޭނެ ކަމަށާއި ޔޯގާގެ ކަސްރަތުގެ ހުރިހާ ހަރަކާތާއި ވިސްނާ ފިކުރު ކުރުމުގެ ހުރިހާ ކަމަކީ ވެސް ހިންދޫންގެ އަޤީދާގެ ފްލޯކް ވާހަކަތައް ކަމަށް ވެސް ވަނީ ބަޔާން ކޮށްފައެވެ.
އެހެން ކަމުން މުސްލިމުން އެއްވެސް ހާލެއްގައި ޔޯގާގެ ޙަރަކާތުގައި ބައިވެރި ބުމަކީ ހުއްދަ ކަމެއް ނޫން ކަމަށާއި އައުރަ ނިވާ ނުކޮށް ގިނައިރު އަވީގައި އުޅުމުގަ އިތުރުން ހަމަ އެކަނި ފަތްޕިލާވެލި ކެއުމަށް ހިތްވަރު ދިނުން ފަދަ ކަންތަކަކީ އިސްލާމް ދީން ޝައުރުކުރައްވާފައިވާ ކަންކަމެއް ނޫން ކަމަށް ވެސް މިފޮތުގައި ވަނީ ހާމަކޮށްފައެވެ.
Konme harakaathakee alhukameh noon.Alhukamugai niyatheh vey. Niyathakee hithuge amaleh.
Dhakka vaahaka dhimaeh nuvey.