ޕާސްތާ އަކީ ގިނަ މީހުން ގަބޫލުކުރާ ގޮތުގައި ހަށިގަނޑު އިތުރަށް ފަލަކޮށްދޭ ކެއުމެކެވެ.
އެގޮތުން ދިރާސާ ތަކުން ހާމަވާ ގޮތުގައި ޕާސްތާ އަކީ އޭގެން މާބޮޑު ގެއްލުމެއް ވާ އެއްޗެއް ނޫނުވެ. އެގޮތުން ހުދު ހަނޑުލާއި ދާދި އެއް އަދަދަކަށް ޕާސްތާގައި ވެސް ކާބޯހައިޑްރޭޓްސް ހުރި ކަމުގައި ވިޔަސް ޕާސްތާ އިން ލެޔަށް ނަގާ ހަކުރު ގެ މިންވަރު މަދު ކޮށްދެއެވެ.
ނަމަވެސް ޕާސްތާ އަށް އަޅަމުންދާ އެކި ފާޑުގެ ސޯސް ތަކާއި ޗީޒް ތަކުގެ ސަބަބުން މިހާ އިތުރަށް ފަލަކޮށްލާ ގޮތް ވެއެވެ. މައްސަލައަކީ ޕާސްތާއެއް ނޫނެވެ. އެއަށް އަޅާ އެކި ފާޑުގެ އެއްޗެއްސެވެ.
ދިރާސާތަކުން ހާމަވާ ގޮތުގައި ޕާސްތާ ގިނައިން ކައި އުޅޭ މީހުން ސިއްހީ ޑައެޓެއް ކަމަށް ބަލާ މެޑިޓެރޭނިއަން ޑައެޓް ބޭނުންކުރުން އިތުރު ކަމެވެ. މެޑިޓެރޭނިއަން ޑައެޓްގައި ތަރުކާރީ އާއި މޭވާ އާއި މަހާއި ޒައިތޫނި ތެލާއި ގޮވާމުގެ ބާވަތްތައް ހިމެނެ އެވެ. މިއި ހިތުގެ ބައްޔާއި ސްޓްރޯކާ ދެކޮޅަށް އަދި ހަނދާން ނެތޭ ބަލި ފަދަ ކަންކަމާ ދެކޮޅަށް ވަރަށް އެކަށީގެންވާ ޑައެޓެއްގެ ގޮތުގައި ގިނަ ސައިންސްވެރިން ގަބޫލުކުރެ އެވެ.
އެހެން ކަމުން އެންމެ އެދެވިގެންވާ ގޮތަކީ ހެނދުނު ހޭލާ ގޮތަށް ޕާސްތާ ފަދަ ކާބޯހައިޑްރޭޓް ހުންނަ އެއްޗެއް ބޭނުން ކުރުމުގެ ބަދަލުގައި، ހަވީރު ނުވަތަ ރޭގަނޑު ބޭނުން ކުރުމެވެ.