ބޮލީވުޑްގެ މަޝްޙޫރު ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ ކަރަން ޖޯހަރު އޭނާގެ ބައިވެރިއަކު ނެތުމުން އެކަމާއި ހިތާމަ ކުރާ ކަމަށް އޭނާ ހާމަކޮށްފިއެވެ.
މިފަހުން އޭނާގެ ދީފައިވާ އިންޓަވިއުއެއްގައި އޭނަގެ ޙަޔާތާއި ބެހޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެމުން އޭނާ ހާމަކޮށްފައިވާ ގޮތުގައި އިންޑަސްޓްރީގައި ބިޒީ ކޮށް އުޅެން ޖެހުމުން ދިރިއުޅުމަށް އެވަރަށް ވަގުތު ހުސްނުކުރެވުނީ ކަމަށާއި ނަމަވެސް މިހާރު ބައިވެރިއެއް ހޯދަން ލަސްވެއްޖެ ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.
އަބަދުވެސް އެންމެ މުހިއްމު އިސްކަމެއް ދެވުނީ އިންޑަސްޓްރީއަށް ކަމަށާއި އަމިއްލަ ނަފްސާމެދު ވިސްނަން ވަގުތު ލިބުން އިރު މާ ލަސްވެއްޖެ ކަމަށާއި މިހާރު އެކަމާއި މޮޔަހިތައް އަރާ ކަމަށެވެ. އަދި އެކަނި ވެރިކަން މިހާރު އިހްސާސް ކުރެވޭ ކަމަށާއި އަމިއްލަ މީހާއަށް ވަގުތު ހުސްކުރެވުން ނަމައޭ މިހާރު ހިތައް އަރާ ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.
އެކަމަކީ އޭނާ ކޮންމެ ދުވަހުކުވެސް މިހާޜު ވިސްނާ ކަމެއް ކަމަށާއި އޭނާއަށް ހެދުނު ވަރަށް ބޮޑު ގޯހެއް ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.
ކަރަން ޖޯހަރު މިހާރު ވެސް އުޅެނީ އެކި ފިލްމް ތަކުގައި ބިޒީ ކޮށް ކަމަށާއި އެގޮތުން މިހާރު ކުރިއަށް ދަނީ އާލިއާ ބަޓް އާއި ރަންވީރް ސިންގ އެއްކޮށް ފެނިގެންދާ ”ރޮކް އޯރ ރާނީ ކީ ޕްރޭމް ކަހާނީ“ ގެ ޝޫޓިން ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.
ގޭ އެއް ކަންނޭގެ.
Deybala egeyah coffee boan. Kanneygeyey nukiyaa. Eyna e ulhenee coffee boane kuhjeh nuvegeney. Kula coffee libeyney e geyn. Eynaage hithaamaigaa baiveri ve bala.