ބޮލީވުޑްގެ ބަތަލް ރަންބީރް ކަޕޫރްއާއި އަންހެނުން އާލިއާ ބަޓް ފެނިގެންދާ ފިލްމް “ ބްރަމަސްތްރާ“ ގެ ޓްރެއިލާ ރިލީޒް ކޮށްފިއެވެ.
2 މިނެޓްއާއި 51 ސިކުންތަށް ދެމިގެންދާ މި ޓްރެއިލާ ވަނީ އެތައް ލައްކަ ބަޔަކު ބަލާފައެވެ. ޓްރެއިލާ އަށް ފަހު ގިނަ ފަރާތް ތަކުން ހާމަކުރާ ގޮތުގައި މި ފިލްމަކީ މީގެ ކުރިން ބޮލީވުޑްއިން ފެނިގެން ގޮސްފައި ނުވާ ތަފާތު ފިލްމަކަށް ވެގެން ދާނެ ކަމަށެވެ.
އަޔާން މުކަރްޖީ ޑައިރެކްޓްކޮށް ކަރަން ޖޯހަރު ޕްރޮޑިއުސް ކުރާ މި ފިލްމަކީ މީގެ 8 އަހަރު ކުރިން ސޮއިކޮށް 2020ގައި ނެރެން ހަމަ ޖެހިފައިވާ ފިލްމެކެވެ. އެގޮތުން އާލިއާ މި ފިލްމަށް ސޮއި ކޮށްފައިވަނީ އޭނަގެ އުމުރުން 21 އަހަރުގައި ކަމަށް އާލިއާ ވަނީ ހާމަކޮށްފައެވެ.
މި ފިލްމް ރިލީޒް ކުރުން ލަސްކުރެވިފައިވާ ކޮވިޑް 19 ގެ ބަލިމަޑު ކަމާއި ގުޅިގެން ކަމަށް ފިލްމްގެ ޕްރޮޑިއުސަރ ކަރަން ޖޯހަރު ވަނީ ހާމަ ކޮށްފައެވެ.
މި ފިލްމުގައި ރަންބީރާއި އާލިއާގެ އިތުރުން ބޮލީވުޑްގެ ބަތަލް އަމީތާބު ބަޗަން އާއި މޯނީ ރޯއީވެސް ފެނިގެންދާނެއެވެ. އަދި މި ފިލްމަކީ އާލިއާ އާއި ރަންބީރު އެއްކޮށް ފެނިގެންދާނެ ފުރަތަމަ ފިލްމެވެ.