ބުދަ, ސެޕްޓެމްބަރ 27, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ހުޅުމާލެ ފޭސް 2ގެ ރައްޔިތުންގެ ޝަކުވާތަކަށް ހައްލެއް ގެންނާނަން: ރައީސް

ޠަލްޙަތު މޫސާ ލިޔުނީ: ޠަލްޙަތު މޫސާ
ޖޫން 16, 2022
ފީޗަރ, ޚަބަރު
1
ހުޅުމާލެ ފޭސް 2ގެ ރައްޔިތުންގެ ޝަކުވާތަކަށް ހައްލެއް ގެންނާނަން: ރައީސް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންގެ ޝަކުވާތައް އަޑު އައްސަވާ އެކަމަށް ހައްލެއް ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ދެއްވައިފިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރައްޔިތުންނަށް ރާއްޖޭ ޓްރާންސްޕޯޓް ލިންކްގެ ބަސް ދަތުރުގެ ޚިދުމަތް އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންގެ ޝަކުވާތައް ލިބެމުން އަންނަކަން ފާހަގަކުރައްވާފައެވެ.

”އެއްގަމު ދަތުރުފަތުރުގެ ދާއިމީ ހައްލު، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރަށްވެހިންނަށް“، މިނަމުގައި މިރޭ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވި ހަފްލާގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރައްޔިތުންނަށް ރާއްޖޭ ޓްރާންސްޕޯޓް ލިންކްގެ ބަސް ދަތުރުގެ ޚިދުމަތް ފައްޓަވާ ދެއްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް އެކަށޭނެ އެއްގަމު ދަތުރުފަތުރުގެ ނިޒާމެއް ނެތުމަކީ ރައްޔިތުންގެ ބޮޑު ޝަކުވާއެއްކަމަށެވެ. ނަމަވެސް އާރްޓީއެލްގެ ބަހުގެ ޚިދުމަތާއެކު ދަތުރުފަތުރަށްވެސް ބޮޑު ލުޔެއް ލިބިގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކާ ރައްޔިތުންނަށް، ޚާއްސަކޮށް މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭއިިރު ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިއްމު ކަންތައްތައް ނުނިންމާ ހުރިކަން ރައީސް ފާހަގަކުރެއްވިއެވެ. ނަމަވެސް މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު އޭރު ދެވަނަ ފިޔަވަހީގައި ކުރަން ފަށާފައިވާ މަސައްކަތްތައް އަވަހަށް ނިންމުމުގެ މަސައްކަތް ފެށިކަމަށާއި އެއްބަސްވެފައިވާ މަޝްރޫޢުތަކުގެ ތެރެއިން ރައްޔިތުންނަށް ފައިދާ ކުރާ މަޝްރޫޢުތައްވެސް ލަސްނުކޮށް ކުރިއަށް ގެންދަން ފެއްޓެވިކަމަށެވެ.

ހިޔާ ފްލެޓްތަކުގައި ދިިރިއުޅޭ ރައްޔިތުންގެ ޝަކުވާތަކަށް އަލިއަޅުއްވާލައްވާ ރައީސް ވިދާޅުވީ ހިޔާ ފްލެޓްތަކުގައި މީހުން ދިިރިއުޅެން ފެށިއިރު ވަރަށް ގިނަ ޚިދުމަތްތައް ފޯރުކޮށްދޭން ޖެހިފައި ހުރިކަމަށެވެ. އެގޮތުން ތައުލީމާއި ސިއްޙީ ޚިދުމަތްތަކާއި އެހެނިހެން ޚިދުމަތްތައް ހޯދަން ޖެހުނުނަމަވެސް، އުފުލަންޖެހިފައިވާ ބުރަ ބޮޑު ކަމަށެވެ.

ރައީސް ވިދާޅުވީ ދެވަނަ ފިޔަވަހީގެ ރައްޔިތުން ހުށައަޅަމުން އަންނަ ޝަކުވާތަކުގެ ތެރޭގައި ފްލެޓްތަކުގެ ކުލި ބޮޑުވުމާއި އެހެނިހެން ކަންކަމުގެ ޝަކުވާތައް ހިމެނޭކަމަށެވެ. އަދި ރައްޔިތުން ހުށައަޅާ ޝަކުވާތައް ވަރަށް ކައިރިން ބައްލަވަމުން ގެންދަވާކަމަށާއި މިހާރުން މިހާރަށް ހައްލު ގެނެވެން ހުރި ކަންތަކަށް ހައްލުގެނައުމުގެ މަސައްކަތްތައް ކުރައްވަމުން ގެންދަވާކަމަށެވެ.

“ ޝަކުވާތައް ބެލުމަށް ނައިބްރައީސް އިންނަވާ ދުވަހުން ދުވަހަށް ބަލާ ހައްލު ހޯދުމަށް އަޅުގަނޑާ މަޝްވަރާ ކުރައްވާ. ފޭސް 2 ގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައި ކަންކަމަށް ހައްލު ގެނައުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެން“ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.

ކުރިއަށް އޮތްތަނުގައި ހިޔާ ސަރަޙައްދުގައި 40000 މީހުން ދިރިއުޅެމުން ގެންދާނެކަން ފާހަގަކުރައްވާ ރައީސް ވަނީ މި ސަރުކާރުން އަޅަން ނިންމާފައިވާ 6000 ފްލެޓާއި 1000 ގޯތި ދޭއިރު 70000 އަށް ވުރެ އާބާދީ ގިނަވާނެކަމަށެވެ. އެއާއެކު ދަތުރުފަތުރުގެ ޚިދުމަތް މިހާރަށްވުރެ ބޮޑަށް ފުޅާ ކުރަން ޖެހޭނެކަމަށާއި ތަޢުލީމާއި ސިއްޙީ ޚިދުމަތްތައްވެސް ފުޅާވާންޖެހޭނެކަމަށެވެ.

Tags: ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ގުޅުންހުރި ލިޔުންތައް

ފުރަތަމަ ބުރަށް ފަހު އެމްޑީޕީ ހަމަހިމޭންވީ ބަލި ގަބޫލުކޮށް- މައުރޫފް

ފުރަތަމަ ބުރަށް ފަހު އެމްޑީޕީ ހަމަހިމޭންވީ ބަލި ގަބޫލުކޮށް- މައުރޫފް

ސެޕްޓެމްބަރ 27, 2023
ރައީސް ދޫކޮށް، އެމްޑީއޭ އިން މުއިއްޒަށް ތާއީދުކުރަން ނިންމައިފި

ރައީސް ދޫކޮށް، އެމްޑީއޭ އިން މުއިއްޒަށް ތާއީދުކުރަން ނިންމައިފި

ސެޕްޓެމްބަރ 27, 2023
އެއްވެސް މީހަކަށް އަނިޔާއެއް ދީފައި ނޯންނާނެ: މުޢިއްޒު

އެއްވެސް މީހަކަށް އަނިޔާއެއް ދީފައި ނޯންނާނެ: މުޢިއްޒު

ސެޕްޓެމްބަރ 26, 2023
ހަތަރު ކިލޯގެ ޑްރަގާއެކު ދެ ދިވެހިންނާއި ދެ ބިދޭސީއަކު ހައްޔަރުކޮށްފި

މީހަކު ރަހީނުކޮށް ފައިސާ ފޭރުނު މައްސަލަ: 200,000 އަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިމެނޭ

ސެޕްޓެމްބަރ 26, 2023

Comments 1

  1. މުންޖިޗޭ says:
    1 year ago

    ކުލި ކުޑަނުކުރަނީސް ރައްޔިތުންގެ ގިލަންވެރިކަމަށް ގެނެވޭނެ ޙައްލެއް ނޯންނާނެ. ޢާއިލީ ވިޔަފާރިއަށް ފައިދާވާގޮތަށް ސަރުކާރުން ދޫކުރާ ފްލެޓްތަކުގެ އަގު ބޮޑުކުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫން. އަދި ރައްޔިތުންގެ ވިންދުތައް ހުރީ ތިހާ ސްލޯ ސްޕީޑެއްގައެއްނޫން، ކަންކަން ކުރަން ވަޢުދުވުމަކުން އުފަލެއް ނުލިބޭނެ، ޚިދުމަތްލިބުމުން ކުރެވޭ އިޙްސާސް، ކުރީގެސަރުކާރުން އަގުހެޔޮކޮށް ދޭން ވަޢުދުވެ އެޅި ފްލެޓްތައް މިސަރުކާރުން މަސައްކަތް ނުނިންމާ ބޮޑުކުލީގައި ދިނުމުންވެސް ރައްޔިތުން ބަލައިގެންފައިވާ މިންވަރަށް ބެލުމުން އިޙްސާސް ކުރެވޭނެ.
    ހިތުން ޝުކުރާއި ތަޢުރީފް އަދާނުވެވޭ ވަރެއްނޫނޭ.
    މިތަން ފެނުމުން ރައީސް ޔާމީންގެ ޚިދުމަތް ސިއްރު ނުމެވާނެ.

    Reply

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ތައިރޮއިޑް މައްސަލަ ހުންނަ ނަމަ ކާންވީ މިތަކެތި

    ތައިރޮއިޑް މައްސަލަ ހުންނަ ނަމަ ކާންވީ މިތަކެތި

    0 shares
    Share 0 Tweet 0
  • ވާހަކަ: ޔާރު ތިޔެ މިހިތުގެ ޝިފާ… (ދިހަވަނަ ބައި)

    0 shares
    Share 0 Tweet 0
  • ޑެންގޫ ޖެހިގެން އެއް އާއިލާގެ ދެ ބޭފުޅަކު މިއަދު ނިޔާވެއްޖެ

    0 shares
    Share 0 Tweet 0
  • ރައީސް ޞާލިޙަށް ދެން މޮޅުނުވެވޭނެކަން ގަބޫލުކުރެއްވުން އެއީ ގައުމަށް ވަރަށް ބޭނުންތެރިކަމެއް: ނަޝީދު

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In