މާލޭ ގެއެއްގެ ދޮރުފަތް ނައްޓައިގެން ވަގަށް ގެންދިޔަ މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.
ފުލުހުންގެ ވެބްސައިޓްގައި ބުނެފައި ވަނީ، ފުލުހުން އާއްމުކޮށްފައިވާ ވީޑިއޯއިން ފެންނަ މީހާއަކީ މިއަހަރުގެ ޖަނަވަރީ މަހުގެ 14 ވަނަ ދުވަހުގެ ވަގުތެއްގައި ރަތްވިލާމަގުގައި ހުރި ގެއެއްގެ ދޮރުފަތް ނައްޓާލާފައި ބަހައްޓާފައި ހުއްޓާ ވަގަށް ގެންގޮސްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހޯދަމުންދާ މީހެއް ކަމަށެވެ.،
ފުލުހުން ބުނެފައިވާގޮތުގައި، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން އެއީ ކާކުކަން ދެނެގަނެވިފައިނުވާތީ އެ މީހާ އަދި ހޯދިފައި ނުވެއެވެ.
އެހެންކަމުން އެ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގަލޮޅު ޕޮލިސްގެ ނަންބަރު 9631696 އަށް ގުޅައި ހިއްސާކުރުމަށް އެދިފައި ވެއެވެ.
އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފުލުހުން ފާހަގަކޮށްފައި ވެއެވެ.