ރައީސް ޔާމިން އަބްދުލް ގައްޔޫމުގެ ޒައާމަތުގައި ތަރަށްގީ ކުރި ހުޅުމާލެ ފޭސް ނުވަތަ ޔޫތު ސިޓީގައި މިރޭ 20:30 ގައި ހަވާ އަރުވަން ނިންމާފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފުން) ހާމަކޮށްފިއެވެ.
އެމްއެންޑީއެފުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެމްޓިސީސީން ކުރިއަށްގެންދާ ”ހުޅުމާލޭ ފޭސް 2، ލޭންޑް ޓްރާންސްޕޯޓް ސޮލިއުޝަން“ ގެ ރަސްމިއްޔާތުގައި ހަވާ އަރުވަން ނިންމާފައިވާ ކަމަށެވެ.
ރާއްޖޭގައި ހަވާ އެރުވުމުގެ ކަންކަން ކުރިއަށް ގެންދަނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ސިފްކޯ ކުންފުނިންނެވެ. މިއީ ވިޔަފާރީގެ އުސޫލުން ކުރާ ކަމެކެވެ.