ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅާ ސަފީރުގެ މަގާމަށް ޑީއާރްޕީގެ ކުރީގެ ލީޑަރު ތަސްމީން އަލީ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
ތަސްމީން ސިންގަޕޫރުގެ ސަފީރުގެ މަގާމަށް އައްޔަން ކުރަން ރައީސް ސޯލިހް ނިންމެވިއިރު ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެން ސަފީރުން ފުރަތަމަ ގައުމުތަކަށް އައްޔަން ކުރެއްވިއިރު ތަސްމީންގެ އަނބިކަނބަލުން ވިސާމް އަލީ ވަނީ މެލޭޝިއާގައި ހުންނަ ރާއްޖޭގެ ސަފީރުގެ މަގާމަށް އައްޔަން ކޮށްފައެވެ. ވިސާމް ސަފީރު ކަމަށް އައްޔަން ކުރީ 2019 ވަނަ އަހަރުގެ މާޗް 26 ވަނަ ދުވަހު އެވެ. ނަމަވެސް މިދިޔަ އޭޕްރީލް މަހު ވިސާމް ވަނީ މެލޭޝިއާގައި ހުންނަ ސަފީރުގެ މަގާމުން އިސްތިއުފާ ދީފައެވެ.
ތަސްމީން ޑީއާރްޕީ ދޫކުރައްވާ އެމްޑީޕީ އާއި ގުޅިވަޑައިގެންނެވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށެވެ. ތަސްމީންގެ ކޮއްކޮ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒަކީ ވެސް މިސަރުކާރުގައި ނުފޫޒުގަދަ މެންބަރެކެވެ.
ރައީސް ސޯލިހު މަޖިލީހަށް މިއަދު ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވީ، ސިންގަޕޫރުގެ ސަފީރު ކަމަށް ތަސްމީން ހަމަޖައްސަން ނިންމާފައިވާ ކަމަށެވެ. އަދި މެލޭޝިއާ އަށް ރާއްޖެއިން ކަނޑައަޅާ ސަފީރުގެ މަގާމަށް އަލީ ހުސެއިން ހަމަޖެއްސެވުމަށް ނިންމަވާފައިވާ ކަމަށް ރައީސްގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.
އިންޑިއާއަށް ކަނޑައަޅާ ސަފީރުގެ މަގާމުގައި ހުންނެވި ހުސެއިން ނިޔާޒުގެ ބަދަލުގައި އެ މަގާމަށް ފޮރިން މިނިސްޓްރީގެ ކުރީގެ ޗީފް އޮފް ޕްރޮޓޮކޯލް އިބްރާހިމް ޝަހީބް ހަމަޖެއްސުމަށް ވެސް ރައީސް ވަނީ ނިންމައިފަ އެވެ. ޝަހީބް މިވަގުތު ހުންނެވީ ސިންގަޕޫރު ސަފީރުގެ މަގާމުގަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ މައްސަލަތައް ދިރާސާ ކުރަން މަޖިލީހުގެ ހާރިޖީ ކޮމިޓީ އަށް ފޮނުވަން ނިންމާފަ އެވެ.
މީހުންނަށް ދަރާފައި އޮތް ފައިސާ ދައްކާފައި ސަފީރުކަމަށް ދިޔުމަށް ދަނަނަވަމެވެ.
Dharani boa