ބޮޅިވުޑްގެ ބަތަލް ސުނިލް ޝެޓީގެ ފިރެހެން ދަރިފުޅު އަހާން ޝެޓީ އަށް ބޮލީވުޑް ފިލްމަކުން ފުރުސަތު ލިބުނީ ބައްޕަގެ ސަބަބުން ކަމަށް އޭނާ ހާމް ކޮށްފިއެވެ.
އަހާން އާއި އިންޓަވިއުއެއްގައި ކުރި ސުވާލަކަށް ޖަވާބު ދެމުން އޭނާ ބުނެފައިވާ ގޮތުގައި އޭނާއަށް މިދާއިރާއަށް ނުކުތުންވީ ވަރަށް ފަސޭހަ ކަމެއް ކަމަށެވެ. އަދި ބައްޕަ އަކީ މި ދާއިރާގެ މީހެއް ކަމުން އޭނާ އަށް ބޮލީވުޑްގެ ފުރުސަތު ފަހިވެގެން ގޮސްފައިވާ ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.
އަހާންގެ އިންޓަވިއު އާއި އެކު ގިނަ އަދަދެއްގެ ބައެއްގެ ފާޑު ކިޔުން ވަނީ ސުނިކް ޝެޓީއަށް އަމާޒުވެފައެވެ. އެގޮތުން ބޮލީވުޑްއަށް ނުކުމެވެނީ ވަކި ބައެއް ކަމަށާއި ސީނިއާ ތަރިންގެ ދަރިންއަށް އެ ފުރުސަތު ފަހިވެގެންދާއިރު އެހެން ކުދިން އެ ދާއިރާއަށް ނިކުމެވެނީ ގނަ ގުނަ ހަރުފަތްތަކެއް ގިރާ ކުރުމަށް ފަހުގައި ކަމަށް ވެސް ގިނަ ފަރާތް ތަކުން ދަނީ ބުނަމުންނެވެ.
މީގެ ކުރިން ސުނިލް ދީފައިވާ އިންޓަވިއުއެއްގައި އޭނާ ހާމަ ކޮށްފައިވާ ގޮތުގައި ކޮންމެ ކުއްޖަކު ވެސް އެކުއްޖަކު ދާޏް ބޭނުންވާ ދާއިރާ އަކުން ކުރިއަށް ދިއުމުގެ ފުރުސަތު އޮންނަން ވާޏެ ކަމަށާއި އަމިއްލަ މަސައްކަތުން މީހާއަށް ކުރިއަށް ދިއުމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.
އަހާޏް އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ކޮންމެ ގޮތަކަށް ދާއިރާއަށް ނިކުމެވުނަސް މުހިއްމު ވާނީ މީހާގެ ހުނަރު ކަމަށާއި އެގޮތުން މަޝްޙޫރު އެތައް ފަންނާނެއްގެ ކުދިން ވެސް މި ދާއިރާއިން ފެއިލް ވެފައިވާކަމަށެވެ.