މިއަހަރުގެ އަޟުޙާ ޢީދު ބަންދުގައި ބޭންކުތައް ބަންދުވާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ހާމަކޮށްފިއެވެ.
އެމް.އެމް.އޭއިން ބުނީ، މިއަހަރުގެ އަޟުހާ ޢީދުގެ މުނާސަބަތުގައި އަންނަމަހުގެ 10 އިން 14 އަށް ސަރުކާރު ބަންދުވުމާއި ގުޅިގެން މި ދުވަސްތަކުގައި އެމްއެމްއޭއާއި ބޭންކުތައް ބަންދުވާނެ ކަމަށެވެ.
އަޟުހާ ޢީދު ބަންދަށްފަހު، ދެން ބެންކުތައް ހުޅުވައިގެން ޚިދުމަތް ދޭން ފަށާނީ، އަންނަ މަހުގެ 17 އިން ފެށިގެންނެވެ.
ޢީދު ބަންދު ތެރޭގައި ބެންކުތައް ހުޅުވައިގެން ޚިދުމަތް ނުދިން ނަމަވެސް ސެލްފް ސަރވިސް އޭޓީއެމްތަކާއެކު ބޭންކިންގ ޚިދުމަތް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ.